ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)247-CA/247/2024/60
ޕަބްލިޝްކުރި ތާރީޚް: 19 މޭ 2024
ޕަބްލިޝްކުރި ގަޑި: 14:04
ތިލަދުންމަތީ އުތުރުބުރީ ހޯރަފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ފަޤީރުންނާއި މިސްކީނުންގެ ދަފްތަރުގައި އަލަށް ރަޖިސްޓްރީވުމާއި ގުޅޭ

އިޢުލާން         

                 މިއިދާރާއިން އެކުލަވާލައިފައިވާ ފަޤީރުންނާއި މިސްކީނުންގެ ދަފްތަރުގައި ފަޤީރުންނާއި މިސްކީނުންގެ ގޮތުގައި އަލަށް ރަޖިސްޓްރީވުމަށް އެދޭ ފަރާތްތަކަށް ފޯމު ހުށަހެޅުމުގެ ފުރުސަތު 2024 މެއި 19 އިން ފެށިގެން ހުޅުވާލަމެވެ.

                 ފޯމު ދޫކުރުމަށް ހަމަޖެހިފައިވަނީ 2024 މެއި 19 ވާ އާދިއްތަ ދުވަހުން ފެށިގެން ސަރުކާރު ބަންދުނޫން ކޮންމެ ދުވަހެއްގެ ހެނދުނު 08:00 އިން މެންދުރު ފަހު 14:00 އަށެވެ. އަދި، މުދަލު ޒަކާތުގެ ފައިސާ ދޫކުރެވޭނީ ޙައްޖު މަހުގެ 01 ވަނަ ދުވަހާ ހަމައަށް ދަފްތަރުގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކަށް ކަމުގައިވާތީވެ، މުދަލު ޒަކާތުގެ ފައިސާ ދޫކުރެވޭނީ 2024 ޖޫން 08 ގެ ނިޔަލަށް ފޯމް ހުށަހަޅުއްވާފައިވާ ބޭފުޅުންނަށް ކަމުގައި ދަންނަވަމެވެ. 

                  ވީމާ، ފަޤީރުންނާއި މިސްކީނުންގެ ގޮތުގައި އަލަށް ރަޖިސްޓްރީވުމަށް އެދޭ ފަރާތްތަކުން ފޯމު ފުރިހަމަކޮށް، ފޯމާއިއެކު ހުށަހަޅަންޖެހޭ ތަކެއްޗާއެކު ހޯރަފުށީ ކައުންސިލަށް ހުށަހެޅުއްވުން އެދެމެވެ.

                 މިހެންވެ، މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

                                   11 ޛުލްޤަޢިދާ 1445

19 މޭ 2024