ދިވެހިރާއްޖެ
c
–
ނިލަންދެއަތޮޅު ދެކުނުބުރީ ރިނބުދޫ ކައުންސިލްގެ އިދާރާ.
ރިނބުދޫ. ދ.
ދިވެހިރާއްޖެ.
ނަމްބަރ: (IUL)377/377/2024/17
އިޢުލާން
ފަޤީރުންނާއި މިސްކީނުންގެ ދަފްތަރުގައި އަލަށް ރަޖިސްޓްރީވުމުގެ ފުރުޞަތު ހުޅުވާލުން.
ފަޤީރުންނާއި މިސްކީނުންގެ ދަފްތަރުގައި އަލަށް ރަޖިސްޓްރީވުމަށް އެދޭ ފަރާތްތަކަށް ފޯމް ހުށަހެޅުމުގެ ފުރުޞަތު 19 މެއި 2024 އިން ފެށިގެން ވަނީ އާއްމުކޮށް ހުޅުވާލެވިފައެވެ.
ފަޤީރުންނާއި މިސްކީނުންގެ ދަފްތަރުގައި އަލަށް ރަޖިސްޓްރީވާން އެދޭ ފަރާތްތަކަށް ފޯމް ދޫކުރުމާ ބަލައިގަތުން ކުރިއަށްދާނީ ރަސްމީ ބަންދު ނޫން ކޮންމެ ދުވަހެއްގެ 08:30 އިން 13:00 އަށް ކައުންސިލް އިދާރާގައެވެ.
ވީމާ، ފަޤީރުންނާއި މިސްކީނުންގެ ދަފްތަރުގައި ރަޖިސްޓްރީވާން އެދޭ ފަރާތްތަކުން ''ފަޤީރުންނާއި މިސްކީނުންގެ ގޮތުގައި ރަޖިސްޓްރީވާން އެދޭ ފޯމް'' ފުރިހަމަ ކުރުމަށްފަހު ކައުންސިލް އިދާރާއަށް ހުށަހެޅުއްވުން އެދެމެވެ. ރަޖިސްޓްރީވާން އެދޭ ފޯމް ކައުންސިލް އިދާރާއިން ލިބެން ހުންނާނެ ވާހަކަ ދެންނެވީމެވެ.
މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.
11 ޛުލްޤައިދާ 1445
19 މެއި 2024