ދިވެހިރާއްޖެ
އަންދާސީހިސާބު ބޭނުންވެއްޖެ.
ލ.ކައްދޫ ރީޖަނަލް އެއަރޕޯޓުގައި ހުންނަ ކައްދޫ މެޓްއޮފީހުގެ ތިރީގައި އެވާ މަރާމާތުތައް ކުރުމަށް ބޭނުންވެގެން ކުރެވުނު 2 ވަނަ ނަންބަރު MMS-A/2015/10 އިޢުލާނާ ގުޅިގެން އަންދާސީހިސާބު ހުށަހެޅި ފަރާތްތަކުގެ އަންދާސީހިސާބުތަކުގައި ހުންނަންޖެހޭ މަޢުލޫމާތު ފުރިހަމަވެފައިނުވާތީ، އެ އަންދާސީހިސާބުތައް ވަނީ ބާޠިލު ކުރެވިފައެވެ.
- އޮފީހުގެ ބޮޑުދޮރު ބަދަލުކުރުން.
- އޮފީހުގެ ކުޑަދޮރުތައް ބަދަލުކުރުން.
- އެޑްމިން ބަޔާއި ސައިކޮޓަރި އަދި ފާޚާނާގެ ދޮރާއި ދޮރުފަތް ބަދަލުކުރުން.
- ގުދަނުގެ ދޮރުފަތް ބަދަލުކުރުން.
- އޮފީހުގެ ސީލިންގ މަރާމާތު ކުރުން.
- އިމާރާތުގައި ކުލައާއި ދަވާދުލުން.
- އޮފީހުގައި ހަރުކޮށްފައިވާ 1 ފެންލައިޓް ނެގުމާއި ފާރުގައިވާ އިލެކްޓްރިކަލް 4 ސްވިޗް ބަދަލުކުރުން.
- ސައިކޮޓަރީގައި ސިންކް ހަރުކުރުމާއި ފާރުގެ ބައެއްގައި މުށިޖެހުން.
- އެގްޒޯސްޓް ފޭނެއް ހަރުކުރުން.
ވީމާ، މަތީގައިވާ މަސައްކަތްތައް އަމިއްލަ ތަކެތީގައި ކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކުން 2015 މޭ 18 ވާ ހޯމަ ދުވަހުގެ 11:00 އަށް ލ.ކައްދޫ ރީޖަނަލް އެއަރޕޯޓްގައި ހުންނަ ކައްދޫ މެޓްއޮފީހަށް ވަޑައިގެން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 2015 މޭ 25 ވާ ހޯމަ ދުވަހުގެ 11:00 އަށް ކައްދޫ މެޓްއޮފީހަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކާއި ގަޑިއަށް ވަޑައިނުގަންނަވާ ފަރާތްތަކުން ހުށަހަޅާ އަންދާސީހިސާބު ބަލައެއްނުގަނެވޭނެއެވެ. މިކަމާ ބެހޭގޮތުން މަޢުލޫމާތެއް ބޭނުންނަމަ 6800731 ނަންބަރު ފޯނަށް ގުޅުއްވުން އެދެމެވެ.
22 ރަޖަބު 1436