ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)315-PROC/315/2024/67
ޕަބްލިޝްކުރި ތާރީޚް: 27 މޭ 2024
ޕަބްލިޝްކުރި ގަޑި: 08:44
ސުންގަޑި:
06 ޖޫން 2024 14:00
މާޅޮސްމަޑުލު ދެކުނުބުރީ ކެންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ފުޓްބޯޅަ މުބާރާތަށް ގެންނަ ރެފްރީންގެ ހުރުމާއި ކެއުން ހަމަޖެއްސުން:
މި ކައުންސިލުން އިންތިޒާމްކޮށްގެން މި އަހަރުގެ ޖޫން މަހުގެ 20 ގައި ފެށުމަށް ހަމަޖެހިފައިވާ "ކެންދޫ ފުޓްބޯލް ޗެލެންޖެ" ގައި ރެފްރީކަން ކުރެއްވުމަށް ވަޑައިގަންނަވާ 4 ބޭފުޅުންގެ ހުރުމާއި ކެއުމުގެ އިންތިޒާމްތަށް ހަމަޖައްސަދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.
ތަފްޞީލް:
މުއްދަތު: 18 ދުވަސް
ޢަދަދު: 04
ކޮޓަރި: އޭސީ ބޭނުންކުރެވޭ، އެނދު، އަލަމާރި، ގޮދަޑި، އަކަށީގެންވާ ލައިޓް އަދި އެޓޭޗްފާހާނާ ހުރި ކޮޓަރިއަކަށް ވާންވާނެއެވެ.
ކެއުން: 3 އިރު ކެއުން ހަމަޖައްސާދިނުން.
ވީމާ، މިކަމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން 06 ޖޫން 2024 ވާ ބުރާސްފަތި ދުވަހުގެ 14:00 ކުރިން މިއިދާރާއަށް ވަޑައިގެން އަގު (ކޯޓޭޝަން) ހުށަހެޅުއްވުމަށް ދަންނަވަމެވެ.
27 މޭ 2024