މަސައްކަތް
ނަންބަރު: (IUL)492-PS /492/2024/86
ޕަބްލިޝްކުރި ތާރީޚް: 28 މޭ 2024
ޕަބްލިޝްކުރި ގަޑި: 15:29
ސުންގަޑި: 06 ޖޫން 2024 13:30
މިނިސްޓްރީ އޮފް އެގްރިކަލްޗަރ އެންޑް އެނިމަލް ވެލްފެއަރ
ދިވެހިރާއްޖެ
ދަނޑުވެރިކަމުގެ ތަފާސްހިސާބުތައް އެއްކުރުމުގެ ގޮތުން ތައްޔާރުކުރާ އެޕްލިކޭޝަނަށް ބޭނުންވާ މަޢުލޫމާތުތައް ހޯދައި، އެކުލަވާލުމުގެ މަސައްކަތްތައް ކުރުމުގެ ކޮންސަލްޓަންސީ ޚިދުމަތް ފޯރުކޮށްދޭނެ ފަރާތެއް ހޯދުން

ދަނޑުވެރިކަމުގެ ތަފާސްހިސާބުތައް އެއްކުރުން ފަސޭހަ ކުރުމުގެ ގޮތުން މި މިނިސްޓްރީއިން ވަނީ އެޕްލިކޭޝަނެއް ހެދުމަށް ނިންމާފައެވެ. މި އެޕްލިކޭޝަންގެ ޒަރިއްޔާއިން ދަނޑުވެރިކަމުން އުފައްދާ މިންވަރާއި ދަނޑުވެރިކަމުގެ މަންފާ ފަސޭހަ ކަމާއެކު ދެނެގަނެވި، ކަމާ ގުޅުން ހުރި އިދާރާތަކަށް ތަފާސްހިސާބުތަކުގެ މަޢުލޫމާތު ފޯރުކޮށްދެވޭނެއެވެ. ވީމާ، މި މަސައްކަތް ކޮށްދިނުމަށް ޝައުގުވެރިވާ ފަރާތްތަކަށް ފުރުޞަތު ހުޅުވާލަމެވެ.

މިކަމާ ގުޅޭގޮތުން ބާއްވާ މަޢުލޫމާތު ދިނުމުގެ ސެޝަނެއް 02 ޖޫން 2024 ވާ އާދީއްތަ ދުވަހު 13:00 ގައި މި މިނިސްޓްރީގެ 7 ވަނަ ފަންގިފިލާގެ މީޓިންގ ރޫމްގައި އޮންނާނެއެވެ.

ވީމާ، މިކަމަށް ޝަޢުގުވެރިވެލައްވާ ފަރާތްތަކުން 06 ޖޫން 2024 ވާ ބުރާސްފަތި ދުވަހުގެ 13:30 އަށް އަންދާސީ ހިސާބު ހިއްޕަވައިގެން މި މިނިސްޓްރީއަށް (ވެލާނާގެ 7 ވަނަ ފަންގިފިލާއަށް) ވަޑައިގެންދެއްވުން އެދެމެވެ .

މި އިޢުލާނާއި ގުޅޭ މަޢުލޫމާތު ކަރުދާސް އެއްކަރުދާސް ކުރެވިފައިވާނެއެވެ. ބީލަން ހުށަހެޅުމަށް ކަނޑައަޅާފައިވާ މުއްދަތަކީ ރަސްމީ ބަންދު ނޫން 07 (ހަތް) ދުވަހުގެ މުއްދަތެއް ކަމުގައި ވުމުން، މި މުއްދަތުގެ ތެރޭގައި ސަރުކާރު ބަންދު ދުވަހެއް ކަނޑައަޅައިފި ނަމަ، ދެން ބިޑް ބަލައިގަނެވޭނީ ސަރުކާރު ހުޅުވިގެން ބަންދުވި ދުވަސްތަކަށް ރަސްމީ ދުވަސް ހަމަކޮށް، ޖެހިގެން އަންނަ ރަސްމީ ދުވަހުގެ 13:30 އަށެވެ.

މި އިޢުލާނާއި ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ  3339282 އަދި 3339279 ނަންބަރު ފޯނަށެވެ.

28 މޭ 2024