ދިވެހިރާއްޖެ
އިޢުލާނު
ޤަބުރުސްތާނު ސާފުކުރުމާ ބެހޭ
މިރަށު ޤަބުރުސްތާނު ނޮޅާސާފުކުރުމަށް ވަނީ ބޭނުންވެފައެވެ. އަދި ޤަބުރުސްތާނުގެ އެތެރެ އެއްކޮށް ނޮޅައި ސާފުކުރަންޖެހޭ އަކަފޫޓްގެ ބޮޑުމިނަކީ ޖުމްލަ 31950 އަކަފޫޓެވެ. މިކަމަށް ޝަޢުޤުވެރިވާ ފަރާތްތަކުން މިކަމަށް ދާނެ ޚަރަދުގެ ތަފްސީލާއެކު 2024 ޖޫން 09 ވާ އާދިއްތަ ދުވަހުގެ 13:00 ށް އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. އަދި ދަންނަވަމެވެ. އަންދާސީ ހިސާބު އަމިއްލަ ފަރާތްތަކަށް ވެސް ހުށަހެޅޭނެ ކަމުގައި ދަންނަވަމަވެ.
އިތުރު މަޢުލޫމާތު
މިކަމާއި ގުޅޭގޮތުން އިތުރު މަޢުލޫމާތު ހޯއްދެވުމަށް މި އިދާރާގެ ނަންބަރު 6780671 އަށް ގުޅުއްވުމަށް ދަންނަވަމެވެ. އަދި މިއިދާރާގެ އީމެއިލް އެޑްރެސް info@thimarafushi.gov.mv އަށް އީމެއިލް ކުރެއްވުމަށް ދަންނަވަމެވެ.
ވީމާ މިކަން އާންމުކޮށް އަންގާ އިޢުލާން ކުރީމެވެ.