މަސައްކަތް
ނަންބަރު: IUL/U4MC/2024/02
ޕަބްލިޝްކުރި ތާރީޚް: 13 ޖޫން 2024
ޕަބްލިޝްކުރި ގަޑި: 15:09
ސުންގަޑި: 25 ޖޫން 2024 10:00
އަރިއަތޮޅު އުތުރުބުރީ އުކުޅަހު މެޖިސްޓްރޭޓް ކޯޓް
ދިވެހިރާއްޖެ
ކޯޓޭޝަން ހުށަހެޅުމުގެ ދަޢުވަތު

"ކަފި" ކޮންފަރެންސްގެ ކޭޓަރިންގ މަސައްކަތްކޮށްދޭނެ ފަރާތެއް ހޯދުން:

އއ.އުކުޅަހުގައި ބޭއްވުމަށް ހަމަޖެހިފައިވާ "ކަފި" ކޮންފަރެންސްގެ ކޭޓަރިންގ މަސައްކަތް 2024 ޖޫން 29 އިން 2024 ޖުލައި 02 ގެ ނިޔަލަށް، އަމިއްލަ ތަކެތީގައި ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.

މި މަސައްކަތަށް ކުރިމަތިލެވޭނީ ވިޔަފާރި ރަޖިސްޓްރީކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު: 2014/18)ގެ ދަށުން ވިޔަފާރި ރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނު ނަންބަރު:2014/19)ގެ ދަށުން ވިޔަފާރި ރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތަކަށެވެ.

މި މަސައްކަތާއި ގުޅޭ މަޢުލޫމާތު ޝީޓް މިއިޢުލާނާއެކު އެޓޭޗް ކުރެވިފައިވާނެއެވެ. މި އިޢުލާނާއި ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް، ބަންދު ނޫން ރަސްމީ މަސައްކަތު ގަޑިތަކުގައި މިކޯޓު ނަންބަރު: 6661015 ގުޅުއްވުން އެދެމެވެ.

ވީމާ، މި މަސައްކަތަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 2024 ޖޫން 25 ވާ އަންގާރަ ދުވަހުގެ ހެނދުނު 10:00 ގެ ކުރިން، އީމެއިލް މެދުވެރިކޮށް info@aa-ukulhas.court.gov.mv  އަށް ކޯޓޭޝަން ހުށަހެޅުން އެދެމެވެ.

ވީމާ، މިކަން އާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

 

                    06 ޛުލްޙިއްޖާ 1445

13 ޖޫން 2024