މަސައްކަތް
ނަންބަރު: K3C-A/2024/2
ޕަބްލިޝްކުރި ތާރީޚް: 26 ޖޫން 2024
ޕަބްލިޝްކުރި ގަޑި: 12:28
ސުންގަޑި: 04 ޖުލައި 2024 11:00
މުލަކަތޮޅު ވޭވަށު މެޖިސްޓްރޭޓް ކޯޓު
ދިވެހިރާއްޖެ
މ. ވޭވަށު މެޖިސްޓްރޭޓް ކޯޓުގެ ދިދަ ދަނޑި މަރާމާތުކޮށް ހަރުކުރުމުގެ މަސައްކަތް ކުރުން

  މި ކޯޓުން ފޯރުކޮށްދޭ މަޢުލޫމާތާ އެއްގޮތަށް މި ކޯޓުގެ ދިދަ ދަނޑި މަރާމާތުކޮށް ހަރުކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.

  މި މަސައްކަތާ ގުޅޭގޮތުން މަޢުލޫމާތު ސާފުކޮށްދިނުން 30 ޖޫން 2024 ވާ އާދީއްތަ ދުވަހުގެ 11:00 ގައި މި ކޯޓުގައި އޮންނާނެއެވެ. އަދި އަންދާސީ ހިސާބު ހުށަހަޅާނީ 04 ޖުލައި 2024 ވާ ބުރާސްފަތި ދުވަހުގެ 11:00 އަށް މިކޯޓަށެވެ. މި މަސައްކަތުގެ މަޢުލޫމާތު ޝީޓާއި އަންދާސީ ހިސާބު ހުށަހަޅާފޯމު އިޢުލާނާ އެއްކަރުދާސް ކޮށްފައިވާނެއެވެ.

  އަންދާސީ ހިސާބު ހުށަހަޅަން އޮންނަ ގަޑީގެ ފަހުން ހުށަހަޅާ އަންދާސީ ހިސާބުތަކާއި، މަޢުލޫމާތު ސާފުކުރުމަށް ޙާޟިރުނުވާ ފަރާތްތަކުން ހުށަހަޅާ އަންދާސީ ހިސާބުތައް ބަލައިނުގަނެވޭނެ ވާހަކަ ވެސް ދެންނެވީމެވެ.

  މި މަސައްކަތަށް ކުރިމަތިލެވޭނީ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު: 2014/18) ގެ ދަށުން ރަޖިސްޓްރީ ކޮށްފައިވާ ކުންފުނިތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރި ޤާނޫނު (ޤާނޫނު ނަންބަރު: 2014/19) ގެ ދަށުން ވިޔަފާރި ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށެވެ. އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ވަޑައިގަންނަވާ ފަރާތްތަކުން، ވިޔަފާރީގެ ރަޖިސްޓްރީގެ ކޮޕީއާއެކު އައިޑީ ކާޑު ގެންނެވުން އެދެމެވެ. އަންދާސީ ހިސާބު ހުށަހެޅުވުމަށް، ވިޔަފާރީގެ ވެރިފަރާތުގެ ބަދަލުގައި ވަޑައިގަންނަވާ ބޭފުޅެއްނަމަ، ވެރިފަރާތުގެ ސިޓީއެއް ގެންނެވުން އެދެމެވެ.

20 ޛުލްޙިއްޖާ 1445

26  ޖޫން  2024

26 ޖޫން 2024