ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)G1- SM/2015/02
ޕަބްލިޝްކުރި ތާރީޚް: 18 މޭ 2015
ޕަބްލިޝްކުރި ގަޑި: 08:26
ސުންގަޑި: 31 މޭ 2015 15:00
ހިންނަވަރު ޞިއްޙީ މަރުކަޒު
ދިވެހިރާއްޖެ
ސްޓޯރކީޕަރ

އިޢުލާން

ވަޒީފާގެ ފުރުޞަތު:

މި މަރުކަޒުގައި މަސައްކަތްކުރުމަށް ޝައުޤުވެރިވާ ފަރާތްތަކަށް މަރުޙަބާ ކިޔަމެވެ. މި ވަޒީފާއަށް ބޭނުންވަނީ، މަސައްކަތަށް ޝައުޤުވެރިކަންހުރި، ޤާބިލް މީހެކެވެ.

މަޤާމް

ސްޓޯރކީޕަރ

ބޭނުންވާ އަދަދު

1 (އެކެއް)

މަޤާމުގެ ކްލެސިފިކޭޝަން: އެސިސްޓެންޓް އޮފިސަރ ގްރޭޑް 1

ރޭންކް: GS1

މުސާރަ

މަހަކު -/3565 ރުފިޔާ

ސަރވިސް އެލަވަންސް

މަހަކު -/1500 ރުފިޔާ

ޑިވިޜަން/ ސެކްޝަން

 އެޑްމިން

ވަޒީފާ އަދާކުރަންޖެހޭ ތަން

ޅ. ހިންނަވަރު ޞިއްޙީ މަރުކަޒު

 

 

 

 

 

 

 

ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް

- ޞިއްޙީ މަރުކަޒުން ކަނޑައަޅާގޮތެއްގެމަތިން މަރުކަޒަށް ހޯދަންޖެހޭ ތަކެތި ހޯދުމަށް ކުރަންޖެހޭ ޕްރޮކިއުމެންޓް މަސައްކަތްތައް ކުރުން.

- މެޑިކަލް ކޮންސިޔުމަބަލްސް ތަކެތި، ކަމާބެހޭ ފަރާތްތަކާ ވާހަކަދައްކައިގެން ހޯދައި، އެތަކެތި ސްޓޮކްކޮށް ބެލެހެއްޓުން.

- ޞިއްޙީ މަރުކަޒުގެ ފިއުލް ސްޓޮކް ޤަވާޢިދުން ބަލަހައްޓައި، ފިއުލް އޯޑަރުކުރުން.

- ޞިއްޙީ މަރުކަޒުގެ އިންވެންޓްރީ ބެލެހެއްޓުމުގައި އެހީތެރިކަން ފޯރުކޮށްދިނުން.

- ޞިއްޙީ މަރުކަޒުގެ ލިޔެކިޔުމާއި އެހެނިހެން މުދަލުގެ ސްޓޮކަށް ބޭނުންވާ ތަކެތި ހޯދައި، އެތަކެތި ސްޓޮކްކޮށް، އެތަކެތި ބަލަހައްޓައި، ހަމަޖެހިފައިވާ ޤަވާޢިދުގެދަށުން ތަކެތި ދޫކުރުން.

- ސްޓޮކުން ތަކެތި ހުސްވިޔަނުދީ، ސްޓޮކަށް މަދުވާ ތަކެތި ހޯދައި، އެތަކެތި ސްޓޮކްކުރުން.

- މުއްދަތު ހަމަވާތަކެތި، ކަނޑައެޅިފައިވާ ޤަވާޢިދުގެދަށުން ނައްތާލައި، ޤަވާޢިދުން ރެކޯޑްތައް ފުރިހަކުރުން.

- ކޮންޓްރޯލް ޑްރަގް ފަދަ ތަކެތީގެ ރެކޯޑުތައް ޤަވާޢިދުން ބަލަހައްޓައި، ރިޕޯޓްތައް ތައްޔާރުކޮށްފައި ފޮނުވަންޖެހޭ ފަރާތްތަކަށް ޤަވާޢިދުން ފޮނުވުން.

- ސްޓޮކުގެ ހިސާބުތައް ދުވަހުން ދުވަހަށް ބެލެހެއްޓުމާއި، ރިޕޯޓްތައް ތައްޔާރުކުރުން.

- ސެކްޝަންތަކުން އެދޭ ތަކެތި ދުވަހުން ދުވަހަށް ސެކްޝަންތަކަށް ދޫކޮށް، ސޮއިކޮށް، ފޯމްތައް ފުރިހަމަކޮށް، ފައިލްކުރުން.

-  ޞިއްޙީ މަރުކަޒަށް ހޯދޭ ނުވަތަ އެކިއެކި ފަރާތްތަކުން ފޮނުވާ ތަކެތި ބަލައިގަނެ، ޑެލިވަރީ ފޯމް ނުވަތަ ގުޑްސް ރިސީވް ފޯމް ފުރިހަމަކޮށްފައި ފޮނުވަންޖެހޭ ތަންތަނަށް ޤަވާޢިދުން ފޮނުވުން.

- އެކިއެކި ފަރާތްތަކުން ޞިއްޙީ މަރުކަޒަށް ފޮނުވާ ތަކެތި މަރުކަޒަށް ގެނައުމާއި، މަރުކަޒުންް އެކި ތަންތަނަށް ފޮނުވަންޖެހޭ ތަކެތި ޤަވާޢިދުން ފޮނުވަމުން ގެންދިއުން.

މަޤާމުގެ ޝަރުތު

- މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 2 ގެ ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ؛

- ސާނަވީ ތަޢުލީމް ފުރިހަމަކޮށްފައިވުން.

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް

- ހާސިލުކޮށްފައިވާ ތަޢުލީމާއި ތަމްރީނަށް ބަލައިގެން.

- މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން.

- ޤާބިލްކަން ކަށަވަރުކުރުމަށް އިންޓަވިއު ކޮށްގެން.

ޢިނާޔަތްތައް

- އިތުރުގަޑީގައި ކުރާ މަސައްކަތަށް އިތުރުގަޑީގެ ފައިސާއާއި، ބަންދު ދުވަހެއްގައި މަސައްކަތް ކުރަން ޖެހިއްޖެނަމަ، ހަމަޖެހިފައިވާ އުޞޫލުން ބަންދުދުވަހުގެ އެލަވަންސް.

- ހަމަޖެހިފައިވާ އުޞޫލުން ރިސްކް އެލަވަންސް.

 

 

 

 

 

 

 

ހުށަހަޅަންޖެހޭ ލިޔުންތައް

- ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމް، ޕާސްޕޯޓް ސައިޒުގެ ފޮޓޯއާއެކު (ސިވިލް  ސަރވިސްގެ  ވަޒީފާއަށް  އެދޭ ފޯމް، ޅ. ހިންނަވަރު ޞިއްޙީ މަރުކަޒުގެ އޮފީހުން، ރަސްމީ ގަޑީގައި ލިބެން ހުންނާނެއެވެ. އަދި ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން (www.csc.gov.mv ން) ޑައުންލޯޑް ކުރެވެން ހުންނާނެއެވެ.)

ނޯޓް: މަޢްލޫމާތު ފުރިހަމަނުކޮށް ހުށަހަޅާ ފޯމްތައް ބަލައެއް ނުގަނެވޭނެއެވެ.  

- ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.

- ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީން ދެނެގަތުމަށް ބޭނުންވާ ލިޔުންތައް (އެކްރެޑިޓްކޮށްފައިވާ ސެޓްފިކެޓްގެ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު، ކޯހުން ލިބޭ ސެޓްފިކެޓް ވަކިފެންވަރެއްގައި އެކްރެޑިޓް ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ)

- މަސައްކަތުގެ ތަޖުރިބާ ދެނެގަތުން، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތަކުގެ ކޮޕީ.

- ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނާނެ، ލިޔެފައިވާ ލިޔުންތައް ކިޔަން ކިޔަން އެނގޭފަދަ ކޮޕީއެއް.

- ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު.

- ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ (އެކްރެޑިޓްކޮށްފައިވާ ނުވަތަ އެކްރެޑިޓްކޮށްދެއްވާނެކަމަށް ބަޔާންކުރާ މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީގެ ލިޔުން)

- ވަޒީފާގެ ދާއިރާއާ ގުޅޭ ކުރުމުއްދަތުގެ ކޯހާއި، ވާރކްޝޮޕާއި، ސެމިނާރު ފަދަ ތަމްރީން ޕްރޮގްރާމްތަކުގެ ސެޓްފިކެޓް ނުވަތަ ބައިވެރިވިކަމުގެ ލިޔުންތައް.

- މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.

ސުންގަޑި

މި މަޤާމަށް  ކުރިމަތިލާ ފަރާތްތަކުން ވަޒީފާއަށް އެދޭ ފޯމް ހުށަހެޅުމުގެ އެންމެފަހުގެ  ތާރީޚަކީ، 2015  މޭ 31 ވަނަ ދުވަހުގެ 15:00 އެވެ. ވަޒީފާއަށް އެދި ފޮނުވާ ފޯމާއި ތަކެތި ބަލައިގަންނާނީ، ޅ. ހިންނަވަރު ޞިއްޙީ މަރުކަޒުންނެވެ.

 

އިންޓަރވިއު އޮންނާނެ ތާރީޚާއި ތަން:

- މި މަޤާމަށް ކުރިމަތިލާ މީހުންނާ އިންޓަވިއު ކުރެވޭނީ، ޅ. ހިންނަވަރު ޞިއްޙީ މަރުކަޒުގައެވެ.

- މީހަކު  ހޮވުމަށް  ބާއްވާ  އިންޓަވިއު  އޮންނާނީ،  މި މަޤާމަށް  އެދި  އެޕްލިކޭޝަން  ހުށަހެޅުމުގެ  އެންމެ ފަހު ތާރީޚުން ފެށިގެން 3 ހަފުތާގެ ތެރޭގައެވެ.

ނޯޓް: މި ވަޒީފާއަށް އެދިފައިވާ ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ، ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައިގެން 10 ފަރާތެއް ޝޯޓްލިސްޓް ކުރެވޭނެއެވެ.

އިތުރު މަޢުލޫމާތު

މަޢުލޫމާތު ސާފުކުރަން ގުޅާނީ 6620216 ނަންބަރު ފޯނަށެވެ. 

29 ރަޖަބު 1436

18 މޭ 2015