ދިވެހިރާއްޖެ
އިޢުލާން
ގދ. ތިނަދޫ ސިޓީގައި ސަންސެޓް ޑެކެއް ތަރައްޤީކޮށްދޭނެ ފަރާތެއް ހޯދުމަށް އިޢުލާނު ކުރުން
ގދ ތިނަދޫ ސިޓީގައި ސަންސެޓް ޑެކެއްތަރައްޤީކުރުމުގެ މަޝްރޫޢުގެ ދަށުން މި އިދާރާއިން ދޭ މަޢުލޫމާތާއި އެއްގޮތަށް ސަންސެޓް ޑެކެއް ތައްޔާރުކުރުމަށް ކުރަންޖެހޭ ހުރިހާ މަސައްކަތްތައް ކޮށްދޭނެ ފަރާތެއް ހޯދުމަށް ބީލަން ހުށަހެޅުމަށް ހުޅުވާލައި އިޢުލާނު ކުރަމެވެ.
ވީމާ، މިކަމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން އަންދާސީ ހިސާބު ހުށަހެޅުމަށް ރަޖިސްޓަރ ކުރައްވާ، މަޢުލޫމާތު ސާފުކުރެއްވުމަށްފަހު މިއިދާރާއަށް ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. މި އިޢުލާނާއި ގުޅޭ މަޢުލޫމާތު ކަރުދާސް ބިޑަށް ރަޖިސްޓަރ ކުރައްވާ ހުރިހާ ފަރާތްތަކަށް މެއިލް މެދުވެރިކޮށް ފޮނުވޭނެއެވެ. ބީލަމުގައި ބައިވެރިވެލައްވަން އެދޭ ފަރާތްތަކުން 16 ޖުލައި 2024 ވާ އަންގާރަ ދުވަހުގެ 13:00 ގެ ކުރިން މިއިދާރާއަށް ވަޑައިގެން ނުވަތަ މެއިލް projects@thinadhoo.gov.mvމެދުވެރިކޮށް ރަޖިސްޓްރީ ކުރެއްވުން އެދެމެވެ. މި އިޢުލާނާއި އެކު ރެޖިސްޓްރޭޝަން ފޯރމް އެއްކަރުދާސް ކުރެވިފައިވާނެއެވެ.
އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ 23 ޖުލައި 2024 ވާ އަންގާރަ ދުވަހުގެ 13:30 ގައި މިއިދާރާގެ ޖަލްސާކުރާ މާލަމުގައެވެ. ރަޖިސްޓްރީ ނުކުރައްވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުސަތު ނޯންނާނެ ވާހަކަ ދަންނަވަމެވެ.
|
ތާރީޚް |
ދުވަސް |
ގަޑި |
ތަން |
ރެޖިސްޓްރޭޝަން މުއްދަތު |
9 ޖުލައި 2024 – 16 ޖުލައި 2024 |
|
16 ޖުލައި 2024 ގެ 13:00ގެ ކުރިން |
ގދ.ތިނަދޫ ސިޓީ ކައުންސިލް އިދާރާ / މެއިލް |
ބީލަން ހުށަހެޅުން |
23 ޖުލައި 2024 |
އަންގާރަ |
13:30 |
ގދ.ތިނަދޫ ސީޓީ ކައުންސިލް އިދާރާ ޖަލްސާ ކުރާ މާލަމުގައި |