ދިވެހިރާއްޖެ
އިޢުލާން
މުވައްޒަފުން ބޭނުންވެއްޖެ:
މަޤާމު: ކޮމްޕިއުޓަރ ޓެކްނީޝަން
މަޤާމުގެ ގިންތި: ދާއިމީ
ބޭނުންވާ އަދަދު: 1 (އެކެއް)
ވަޒީފާ އޮތް އޮފީސް: މުޙްޔިއްދީން ސްކޫލް، މާލެ
ވަޒީފާއަދާކުރާ ސެކްޝަނާއި ތަން: އެޑްމިން
މަސައްކަތްކުރުމަށް ހަމަޖެހިފައިވާ ތަން: މުޙްޔިއްދީން ސްކޫލް، މާލެ
މަޤާމުގެ ޝަރުޠު: ސިވިލް ސަރވިސްގެ ގަވާއިދުގައިވާގޮތުގެމަތިން ތިރީގައިމިވާ ޝަރުޠުތަކުން ޝަރުޠެއް ފުރިހަމަވުން.
ރޭންކް |
ކްލެސިފިކޭޝަން |
ޝަރުޠު |
މަޤާމުގެ އަސާސީ މުސާރަ |
ސަރވިސް އެލެވަންސް |
އެމް. އެސް 2 |
ސީނިޔަރ އޮފިސަރ ގްރޭޑް 2/ ޓެކްނިކަލް އޮފިސަރ ގްރޭޑް 2 |
|
-/6،295 ރުފިޔާ |
-/2000 ރުފިޔާ |
މަޤާމުގެ މަސްއޫލިއްޔަތު:
- ސްކޫލުގެ އިންފޮމޭޝަން ޓެކްނޮލޮޖީއާ ގުޅުންހުރި އެންމެހައި ކަންކަން ކިޔަވައިދިނުމަށާއި އެހެނިހެން ޚިދުމަތްތައްދިނުމަށް ދަތިނުވާނެގޮތެއްގެމަތިން މޮނިޓަރކޮށް ބެލެހެއްޓުން.
- ސްކޫލަށް އަލަށް ގެންނަ ކޮމްޕިއުޓަރުތަކާއި، ޕްރިންޓަރުފަދަ ތަކެއްޗާއި، އެހެނިހެން އިލެކްޓްރޯނިކް އިކުއިޕްމަންޓްތައް ބަލައި ޗެކްކޮށް، އެތަކެތި އިންސްޓޯލް ކުރުން.
- ކޮމްޕިއުޓަރާއި ޕްރިންޓަރު ފަދަ ތަކެއްޗާއި އެހެނިހެން އިލެކްޓްރޯނިކް އިކްއިޕްމަންޓްތަކަށް ދިމާވާ ހާޑްވެއަރއާއި ސޮފްޓްވެއަރގެ މައްސަލަތައް ޙައްލުކުރުން.
- ސްކޫލުގެ ކޮމްޕިއުޓަރ ސިސްޓަމްސްތަކަށް ދިމާވާ މައްސަލަތައް، މުވައްޒަފުންނަށް ދަތިނުވާނޭ އުސޫލެއްގެމަތިން ޙައްލުކޮށް، މުވައްޒަފަށް އެ ސިސްޓަމް ބޭނުންކުރެވޭ ޙާލަތަށްގެނެސް، މުވައްޒަފަށް އެއްވެސް މައްސަލައެއްނެތި މަސައްކަތް ކުރެވޭތޯ ޔަގީންކުރުން.
- ސްކޫލުގެ ކްލާސް ރޫމް، ލެބޯރަޓަރީ، އޭވީ ރޫމް އަދި އެހެނިހެންތަންތަނުގައި ހަރުކުރެވިފައިވާ ޕްރޮޖެޓްތައް މަސައްކަތް ކުރާމިންވަރު ބަލައި، ޕްރޮޖެޓަރ، ޕްރިންޓަރ ފަދަ ތަކެތި ސެޓަޕް ހެދުމަށްފަހު ބޭނުންކުރެވޭ ޙާލަތެއްގައި ބެހެއްޓުން.
- ސްކޫލުގެ ސައުންޑް ސިސްޓަމާ ގުޅުންހުރި މަސައްކަތްތައް ކުރުމާއި، އެކިއެކި މުނާސަބަތުތަކަށް ސައުންޑް ސެޓްކުރުން.
- ސްކޫލުގެ އެކިއެކި ހަރަކާތްތަކަށާއި، ޖަލްސާއާއި ވޯންކްޝޮޕާއި، އެސެމްބްލީ ގަޑީގައި ސައުންޑާއި، ޕްރޮޖެކްޓަރ ސެޓަޕް ހެދުން.
- ސްކޫލު މުވައްޒަފުނަށް ސާރވާ ޑޮމެއިން ކްރިއޭޓްކުރުމާއި، ސްކޫލް މެއިލް ކްރިއޭޓް ކުރުމާއި، މިކަމާ ގުޅޭ ޓެކްނިކަލް މަސައްކަތްތައްކުރުން.
- ސްކޫލަށް ދަތިނުވާނޭހެން ސްކޫލުގެ ސާރވާ ޑައުންވިޔަނުދީ ސާރވާއާ ގުޅޭ އެންމެހައި މަސައްކަތްތައް ބެލެހެއްޓުން.
- މުޙްޔިއްދީން ސްކޫލް ޕްރޮޕަޓީގެ ދަށުގައިވާ އައިޓީއާ ގުޅުންހުރި ސޮފްޓްވެއަރތައް ރައްކާތެރިކަމާއެކު ބެލެހެއްޓުމާއި، ސޮފްޓް ވެއަރ އަޕްގްރޭޑްކުރުން.
- ސްކޫލުގައި ކޮމްޕިއުޓަރ ނެޓްވަރކް އެޅުމާއި، ނެޓްވޯކަށް ދިމާވާ މައްސަލަތައް ބެލުމާއި، އެކަންކަން ޙައްލުކުރުން.
- ސްކޫލުގައި ކިޔަވައިދިނުމަށް ގެންގުޅޭ ސްމާޓް ބޯޑާއި، ޑޮކްޓަރ ބޯޑް ބެލެހެއްޓުން.
- ސްކޫލުގެ ވެބްސައިޓް މެއިންޓެއިންކޮށް، ވެބްސައިޓް އަޕްޑޭޓްކުރުމަށް ހަވާލުކޮށްފައިވާ މުވައްޒަފަށް އެހީތެރިވެދީ، ސްކޫލުގެ ވެބްޕޭޖް އަޕްޑޭޓްކުރުން.
- ސްކޫލުގެ 'ޖެމްސް' އާއި 'ސެޕް' ފަދަ އޮންލައިން ވިއުގަތައް ކަމާބެހޭ ދާއިރާތަކުގެ މަޝްވަރާގެމަތިން ބަލަހައްޓަމުން ދިޔުން.
- މީގެ އިތުރުން، ވަޒީފާގެ މަސްއޫލިއްޔަތާ ގުޅޭގޮތުން މުޙްޔިއްދީން ސްކޫލުން ހަވާލުކުރެވޭ މަސައްކަތްތައްކުރުން.
މި ވަޒީފާއަށް މީހަކުހޮވުމުގައި ބަލާނެ އިތުރު ކަންތައްތައް:
- ވަޒީފާއަށް އެންމެ ޤާބިލު މީހަކު ހޮވުމަށްޓަކައި ބޭއްވޭ އިންޓަވިޔުކުރުން.
އިންޓަވިއުކުރުން:
މި މަޤާމަށް މީހަކު ހޮވުމަށް ބާއްވާ އިންޓަވިއު އޮންނާނީ، 11 ޖޫން 2015 އާއި 15 ޖޫން 2015 އާ ދެމެދުގައި މުޙްޔިއްދީން ސްކޫލުގައެވެ.
ހުށަހަޅަންޖެހޭ ތަކެތި:
- ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (ވަޒީފާއަށް އެދޭ ފޯމު، މި ސްކޫލުގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި މި ސުކޫލުގެ ވެބްސައިޓުން (www.muhyiddinschool.edu.mv ން) ފޯމު ޑައުންލޯޑް ކުރެވޭނެއެވެ.)
- ތަޢުލީމީ ސެޓްފިކެޓްތަކުގެ އެކްރެޑިޓްކޮށްފައިވާ ކޮޕީ.
- ތަޖުރިބާގެ ލިޔުންތައް (ތަޖުރިބާގެ މުއްދަތު ގުނާނީ، ސީވީގައި ބަޔާންކޮށްފައިވާ ތަންތާނގައި ވަޒީފާ އަދާކޮށްފައިވާކަމުގެ ރަސްމީ ލިޔުމެއް ހުށަހެޅުމުންނެވެ.)
- ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ސާފު ފޮޓޯކޮޕީ (އަސްލާ އެއްގޮތްކަމަށް ރަސްމީ ފަރާތްތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑު ޖަހާފައިވާ އަސްލު)
- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު.
- ސިވިލްސަރވިސްއަށް/ ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.
އިތުރުގަޑީގެ ފައިސާ:
މި މަޤާމުގައި އިތުރުގަޑީގައި މަސައްކަތް ކުރަންޖެހޭނަމަ، ހަމަޖެހިފައި އޮންނަ އުސޫލެއްގެމަތިން އިތުރުގަޑީގެ ފައިސާ، ލިބޭނެއެވެ.
ސުންގަޑި:
2015 ޖޫން 11 ވާ ބުރާސްފަތި ދުވަހުގެ 12:00 ގެ ކުރިން، ބަޔާންކުރެވިފައިވާ ތަކެއްޗާއެކު، މުޙްޔިއްދީން ސްކޫލަށް ހުށަހެޅުން އެދެމެވެ.
ނޯޓް:
ޝަރުޠު ހަމަނުވާ އެޕްލިކޭޝަންތަކާއި، ހުށަހަޅަންޖެހޭ ތަކެތި ހަމައަށް ހުށަހަޅާފައި ނުހުންނަ އެޕްލިކޭޝަންތަކާއި، ފެކްސް މެދުވެރިކޮށް ފޮނުވާ އެޕްލިކޭޝަންތައް ބަލައެއްނުގަނެވޭނެއެެވެ.
އިތުރު މަޢުލޫމާތު:
އިތުރު މަޢުލޫމާތު ހޯދުމަށް ގުޅާނީ، 3390635 ނަންބަރު ފޯނަށެެވެ.
6 ޝަޢުބާން 1436