ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)301-PJ/301/2024/38
ޕަބްލިޝްކުރި ތާރީޚް: 28 ޖުލައި 2024
ޕަބްލިޝްކުރި ގަޑި: 12:25
ސުންގަޑި: 29 އޮގަސްޓް 2024 13:00
މާޅޮސްމަޑުލު އުތުރުބުރީ އަނގޮޅިތީމު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރ.އަނގޮޅިތީމު ބަނދަރު ސަރަޙައްދުގައި މަސްމާރުކޭޓް (މަސްކަނޑާ އައްޓާއިއެކު) އަޅައި ދޭނެ ފަރާތެއް ހޯދުމާއި ގުޅޭ!

ރ.އަނގޮޅިތީމު ކައުންސިލުން ދައްކާތަނެއްގައި މަސްމާރުކޭޓް އަޅާދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ. މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން ތިރީގައި އެވާ ކަންކަމަށް ރިއާޔަތްކޮށް 2024 އޮގަސްޓު 29 ވާ ބުރާސްފަތި ދުވަހުގެ 13:00 ގެ ކުރިން މި އިދާރާއަށް ޕްރޮޕޯސަލް ހުށައެޅުމަށް ދަންނަވަމެވެ. އަދި އީމެއިލް މެދުވެރިކޮށް ހުށައަޅަން ބޭނުންވާ ފަރާތްތަކުން info@angolhitheemu.gov.mv އަށް މެއިލް ކުރެއްވުން އެދެމެވެ.

  1. މަސްމާރުކޭޓް އެޅުމަށް ބޭނުންވާ ބިމުގެ ބޮޑުމިން 2000sq ފީޓް.
  2. މަސްމާރުކޭޓް އަޅާދޭ ފަރާތައް 25 އަހަރުވަންދެން އެބިމުގައި (މަސްމާރުކޭޓް ހިމެނޭ ބިމުގައި) ވިޔަފާރިކުރުމުގެ (ކެފޭ ނުވަތަ ރެސްޓޯރެންޓް އަދި ފިހާރަ ހިންގުމުގެ) ފުރުޞަތު ލިބިގެންދާނެއެވެ.
  3. ވީމާ މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން މަތީގައި ދެންނެވިފައިވާ ގޮތަށް މަސްމާރުކޭޓް (މަސްކަނޑާ އަށި ހިމަނައިގެން) އަދި އެ މަސްމާރުކޭޓްގައި ކެފޭ ނުވަތަ ރެސްޓޯރެންޓް އަދި ފިހާރަ ހިންގާނަމަ ކުރެހުމުގައި ވިޔަފާރި ކުރާ ސަރަޙައްދު ހިމަނައިގެން މި އިދާރާއަށް  ހުށައެޅުން ނުވަތަ އީމެއިލް މެދުވެރިކޮށް ހުށައަޅައިގެން ކުރިއަށް ގެންދެވޭނެ ވާހަކަ މަޢުލޫމާތައްޓަކައި ދެންނެވީމެވެ.

                      މިކަމާގުޅޭގޮތުން އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންވެލައްވާނަމަ މިއިދާރާގެ ނަންބަރު 6580071 ފޯނާ ގުޅުއްވުން ނުވަތަ ރަސްމީގަޑީގައި މި އިދާރާއަށް ދުރުވެ މަޢުލޫމާތު ސާފްކުރުން އެދެމެވެ.

ވީމާ، މިކަން  އާއްމުކޮށް އެންގުމަށްޓަކައި  އިޢުލާން ކުރީމެވެ.

28 ޖުލައި 2024