ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)23-PIIR(ICS)/23/2024/215
ޕަބްލިޝްކުރި ތާރީޚް: 29 ޖުލައި 2024
ޕަބްލިޝްކުރި ގަޑި: 11:03
ސުންގަޑި: 01 ސެޕްޓެންބަރު 2024 12:00
މިނިސްޓްރީ އޮފް ހެލްތު
ދިވެހިރާއްޖެ
ދުނިޔޭގެ ޞިއްޙަތު ޖަމުޢިއްޔާއިން ބާއްވާ 78 ވަނަ ވޯލްޑް ހެލްތު އެސެމްބްލީގެ ތެރެއިންދެވޭ އެވޯޑްތަކާގުޅޭ

އިޢުލާން

 

ދުނިޔޭގެ ޞިއްޙަތު ޖަމުޢިއްޔާއިން ބާއްވާ ވޯލްޑް ހެލްތު އެސެމްބްލީގެ ތެރެއިން ކޮންމެ އަހަރަކުވެސް ދެމުންއަންނަ ތިރީގައިވާ އިނާމުތަކަށް ކުރިމަތިލުމުގެ ފުރުސަތު އެޖަމުޢިއްޔާއިން ޢާއްމުކޮށް ވަނީ ހުޅުވާލާފައެވެ.

 

  1. ސަސަކަވާ ހެލްތު ޕްރައިޒް
  2. ޔުނައިޓެޑް އަރަބް އެމިރޭޓްސް ހެލްތު ފައުންޑޭޝަން ޕްރައިޒް
  3. ސްޓޭޓް އޮފް ކުވައިތު ހެލްތު ޕްރޮމޯޝަން ފައުންޑޭޝަން، "ހިޒް ހައިނެސް ޝައިޚް ޞަބާޙް އަލް-އަޙްމަދް އަލް-ޖާބިރް އަލް-ޞަބާޙް ޕްރައިޒް ފޮރ ދަ ޕްރޮމޯޝަން އޮފް ހެލްތީ އޭޖިންގ"
  4. ޑރ. ލީ ޖޮންގ-ވޫކް މެމޯރިއަލް ޕްރައިޒް ފޮރ ޕަބްލިކް ހެލްތު
  5. ނެލްސަން މަންޑެލާ އެވޯޑު ފޮރ ހެލްތު ޕްރޮމޯޝަން

  

      މަތީގައިވާ އިނާމުތަކުގެ ތެރެއިން ކޮންމެ އިނާމަކަށްވެސް މެމްބަރު ޤައުމަކުން ހުށަހެޅެނީ 1 (އެކެއް) ފަރާތުގެ ނަމެވެ. ނަން ހުށަހަޅާއިރު އެފަރާތްތަކުން ކޮށްފައިވާ މަސައްކަތްތަކާއި ހުށަހަޅާ ލިޔެކިޔުންތަކަށް ރިޢާޔަތްކުރެވޭނެއެވެ.

 

      ވީމާ، މި އިނާމުތަކަށް ކުރިމަތިލުމަށް ޝައުޤުވެރިވާ ފަރާތްތަކުން އެޕްލިކޭޝަން ފޯމް ފުރިހަމަކުރެއްވުމަށްފަހު، 01 ސެޕްޓެމްބަރު 2024 (އާދީއްތަ) ދުވަހުގެ 12:00ގެ ކުރިން މިނިސްޓްރީ އޮފް ހެލްތުގެ ޕޮލިސީ އިމްޕްލިމަންޓޭޝަން އެންޑް އިންޓަރނޭޝަނަލް ރިލޭޝަންސް ޑިވިޜަން އަށް އެޑްރެސްކޮށް ފޯމު ހުށަހެޅުމަށް އެދި ދެންނެވީމެވެ. އަދި މި ޑިވިޜަންގެ އީމެއިލް (piir@health.gov.mv) މެދުވެރިކޮށްވެސް ފޯމު ހުށަހެޅިދާނެއެވެ.

  

      މި އިނާމުތަކާބެހޭ އިތުރު މަޢުލޫމާތާއި އެޕްލިކޭޝަން ފޯމް ތިރީގައިވާ ލިންކް އިން ލިބިވަޑައިގަންނަވާނެއެވެ. https://apps.who.int/gb/awards/)) މިކަމާގުޅޭގޮތުން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް މި މިނިސްޓްރީގެ ޕޮލިސީ އިމްޕްލިމެންޓޭޝަން އެންޑް އިންޓަރނޭޝަނަލް ރިލޭޝަންސް ޑިވިޜަން (3014375) އަށް ގުޅުއްވުން އެދެމެވެ.

 

29 ޖުލައި 2024