ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)380/2024/17
ޕަބްލިޝްކުރި ތާރީޚް: 29 ޖުލައި 2024
ޕަބްލިޝްކުރި ގަޑި: 13:56
ސުންގަޑި: 31 ޖުލައި 2024 13:00
ނިލަންދެއަތޮޅު ދެކުނުބުރީ މާއެނބޫދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރައްޔިތުންނާ ބައްދަލު ކުރުން

އިޢްލާން

ރައްޔިތުންނާ ބައްދަލުކުރުން

      ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނު ގެ 107 ވަނަ މާއްދާގައި، ސިޓީ ކައުންސިލްތަކުންނާއި، ރަށްރަށުގެ ކައުންސިލްތަކުން ކޮންމެ އަހަރަކު ޖުލައި މަހު ރައްޔިތުންނަށް އާއްމުކޮށް  ހުޅުވާލައިގެން  ބާއްވަންޖެހޭ  ބައްދަލުވުން 31 ޖުލައި 2024 ބުދަ

ދުވަހުގެ 13:00 ގައި މާއެނބޫދޫ ކައުންސިލް އިދާރާގައި ބޭއްވުމަށް ހަމަޖެހިފައިވާ ވާހަކަ ރައްޔިތުންގެ މަޢްލޫމާތަށްޓަކައި ދެންނެވީމެވެ.

މި ބައްދަލު ވުމުގައި 2025 ވަނަ އަހަރުގެ މަސައްކަތު ތާވަލާއި ބަޖެޓަށް  ރައްޔިތުންގެ

ޚިޔާލް ހޯދުމަށް ބޭނުންވާތީ މާއެނބޫދޫގައި ދިރިއުޅުއްވާ އެންމެހާ ލޮބުވެތި ރައްޔިތުން މި ބައްދަލު ވުމަށް ވަޑައިގެން ދެއްވުން އެދި ދަޢުވަތު އަރުވަމެވެ.

29 ޖުލައި 2024