ބީލަން
ނަންބަރު: (IUL)310-CA/310/2024/48
ޕަބްލިޝްކުރި ތާރީޚް: 29 ޖުލައި 2024
ޕަބްލިޝްކުރި ގަޑި: 13:56
ސުންގަޑި: 12 އޮގަސްޓް 2024 12:00
މާޅޮސްމަޑުލު އުތުރުބުރީ މީދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މިރަށު ބަނދަރުގައި ހަނދާފައިވާ ހިބަރު މޮނިޔުމަންޓް މަރާމާތުކުރުމުގެ ބައެއް މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް

މިއިދާރާއިން ދޭ މަޢުލޫމާތާއި އެއްގޮތަށް މިރަށު ބަނދަރުގައި ހަނދާފައިވާ ހިބަރު މޮނިޔުމަންޓް މަރާމާތުކުރުމުގެ ބައެއް މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު އިއުލާނު ނަމްބަރު: (IUL)310-CA/310/2024/22 އާއި ގުޅިގެން ހުށަހަޅާފައިވާ ބިޑުތަކުގެ އަގު ބޮޑު ކަމަށް ފެންނާތީ، އަލުން އިއުލާނު ކުރަމެވެ.

                       މި ބީލަމާއިގުޅިގެން މައުލޫމާތު ސާފުކުރެއްވުން އޮންނާނީ 2024 އޮގަސްޓް 5 ވާ ހޯމަ ދުވަހުގެ 11:00 ގައި މިއިދާރާގައެވެ. ބިޑަށް ކުރިމަތިލެވޭނީ ބިޑަށް ރަޖިސްޓްރީވާ ފަރާތްތަކަށް އެކަނި ކަމުގައި ވާތީ، 2024 އޮގަސްޓް 5  ވާ ހޯމަ ދުވަހުގެ އޮފީސް ބަންދުވުމުގެ ކުރިން މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން "ބިޑު ރަޖިސްޓްރީ ފޯމް" މެދުވެރިކޮށް ރަޖިސްޓްރީ ކުރުން އެދެމެވެ.

                       ބީލަންތައް ބަލައިގަތުމާއި، އަދި ބީލަން ހުޅުވުން އޮންނާނީ 2024 އޮގަސްޓް 12 ވާ ހޯމަ ދުވަހުގެ 11:00 ގައި މާޅޮސްމަޑުލު އުތުރުބުރީ މީދޫ ކައުންސިލް އިދާރާގައެވެ. ގަޑިޖެހުމަށްފަހު ހުށަހެޅޭ ބިޑްތައް ބަލައިނުގަނެ އަނބުރާ ރައްދުކުރެވޭނެއެވެ. ބީލަންތައް ހުންނަންވާނީ ސިޓީ އުރައެއްގައި ބަންދުކުރެވިފައެވެ. ސިޓީ އުރައިގެ ބޭރުގައި ބީލަމަށް ދެވިފައިވާ ނަން، ތާރީޚާއި ވަގުތު އަދި ބީލަން ހުށަހަޅާ ފަރާތުގެ ނަން ލިޔެވިފައި އޮންނަންވާނެއެވެ.

                       މަސައްކަތް ހަވާލުކުރެވޭ އުސޫލާއި، އަދި ހުށަހެޅޭ ބިޑްތައް އިވެލުއޭޓްކޮށް މާރކްސް ދެވޭނެ ގޮތުގެ ތަފްޞީލް ބިޑިންގ ޑޮކިއުމަންޓްގައި ހިމެނިފައިވާނެއެވެ. އިތުރު މަޢުލޫމާތު info@raameedhoo.gov.mv  އިން ނުވަތަ ރަސްމީ ގަޑީގައި 6580020 އަށް ގުޅުއްވުމުން ލިބިވަޑައިގަންނަވާނެއެވެ.

               

މިހެންވެ، މިކަން ޢާއްމުކޮށް އެންގުމަށްޓަކާ އިޢުލާންކުރީމެވެ.       

29 ޖުލައި 2024