މަސައްކަތް
ނަންބަރު: (IUL)O6-GRH-OU-05322/O6-GRH/2024/15
ޕަބްލިޝްކުރި ތާރީޚް: 29 ޖުލައި 2024
ޕަބްލިޝްކުރި ގަޑި: 14:40
ސުންގަޑި: 01 އޮގަސްޓް 2024 10:00
ގަން ރީޖަނަލް ހޮސްޕިޓަލް
ދިވެހިރާއްޖެ
ގަމު ރީޖަނަލް ހޮސްޕިޓަލުގެ ގޯތިތެރެ (ތިނެއް) މަސްދުވަހަށް ފޮޅާސާފުކޮށްދޭނެ ފަރާތެއް ހޯދުން

ގަމު ރީޖަނަލް ހޮސްޕިޓަލުގެ ގޯތިތެރެ 3 (ތިނެއް) މަސްދުވަހަށް ފޮޅާސާފުކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ. މި މަސައްކަތާއި ގުޅޭ ތަފުސީލާއި، ކޯޓޭޝަން ހުށަހަޅާއިރު ފުރިހަމަ ކުރަންޖެހޭ ކަންކަމުގެ މަޢުލޫމާތު ކަރުދާސް މި އިޢުލާނާއި އެއްކަރުދާސް ކުރެވިފައިވާނެއެވެ. މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 01 އޮގަސްޓު 2024 ވާ ބުރާސްފަތި ދުވަހުގެ 10:00 އަށް މިއިދާރާގެ މީޓިންގ ރޫމަށް ކޯޓޭޝަން ހުށަހެޅުމަށް ހާޒިރުވުމަށް ދަންނަވަމެވެ. އަދި ގަޑިޖެހިގެން ވަޑައިގަންނަވާ ބޭފުޅުންގެ ކޯޓޭޝަން ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ. ކޯޓޭޝަން ހުށަހަޅަންވާނީ ބަންދު ކުރެވިފައިވާ ސިޓީއުރައެއްގައެވެ. މިމަސައްކަތަށް ކުރިމަތި ލެވޭނީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގައި ރަޖިސްޓަރީކުރެވިފައިވާ ވިޔަފާރިތަކަށެވެ.

ވީމާ، މިކަން އާންމުކޮށް އަންގާ އިޢުލާން ކުރަމެވެ. އިތުރު މަޢުލޫމާތު ބޭނުންފުޅުނަމަ ރަސްމީ ގަޑީގައި މި އިދާރާގެ ނަންބަރު 6805905 އަށް ގުޅުއްވައިގެން ސާފުކުރެއްވުން އެދެމެވެ.

29 ޖުލައި 2024