ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)374-C/374/2024/48
ޕަބްލިޝްކުރި ތާރީޚް: 30 ޖުލައި 2024
ޕަބްލިޝްކުރި ގަޑި: 12:04
ނިލަންދެއަތޮޅު އުތުރުބުރީ ނިލަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އިޖްތިމާޢީ އަދަބުތަކާ ޚިލާފް ބައެއްކަން ހުއްޓުމަށްއެދި

ރަށުކައުންސިލްގެ ހުއްދަނެތި މިހާރަކަށް އައިސް މަގުމަތީގައި ތަކެތި ބެހެއްޓުމާއި، މަގުމައްޗައް ވެލިއެޅުމާއި، ރުކުން ފަންވެރުމާއި، ފަން ކުރެހުމަށްފަހު ބުޑި, އޮށި ފަދަ ތަކެތި މަގުމައްޗަށް އެޅުމާއި، ރުކު އެޅުމަށްފަހު ރުކުގެ ހުރިހާ ހަޑިއެއް ރުއްދަށަށް އެޅުމާއި، އާންމު ތަންތަނާއި، ގެވަޅުތަކުގައި ކުނި އެންދުން ފަދަ އިޖުތިމާޢީ އަދަބުތަކާއި ޚިލާފު ވަރަށް ގިނަ ކަންތައްތަކެއް މިހާރު އާންމުވެފައިވާކަން ފާހަގަ ކުރެވެއެވެ.

               ވީމާ، އިސްވެ ދެންނެވުނު ކަންތައްތައް ކައުންސިލްގެ ހުއްދަނެތި ނުކުރުމަށާއި، އިޖްތިމާޢީ އާއްމު މިންގަޑުތަކާއި ޚިލާފުނުވާނޭ ގޮތަކަށް ކަންތައް ބެހެއްޓުމަށް ހަދުމަފުޅުކޮށް އަރުވަމެވެ. އަދި މިފަދަ ކަންތައްތައް ތަކުރާރުވާނަމަ އެފަދަ ފަރާތްތަކާއި މެދު ފިޔަވަޅު އަޅައިގެން ކަމުގައިވީނަމަވެސް މިކަންކަން އިޞްލާޙް ކުރުމަށް ކައުންސިލުން ބޭނުންވެއެވެ.

               ވީމާ، މިކަމުގައި ރައްޔިތުންގެ ފުރިހަމަ އެހީތެރިކަމާއި އެއްބާރުލުން މިކައުންސިލަށް ދެންވުންއެދި ރައްޔިތުންގެ ސަމާލުކަމަށް ދެންނެވީމެވެ.

                    24 ޒުލްޙިއްޖާ 1446

                    30 ޖުލައި 2024

30 ޖުލައި 2024