ބީލަން
ނަންބަރު: GS204/NS/IUL/2024/11
ޕަބްލިޝްކުރި ތާރީޚް: 31 ޖުލައި 2024
ޕަބްލިޝްކުރި ގަޑި: 10:02
ސުންގަޑި: 19 އޮގަސްޓް 2024 13:00
ނަޑެއްލާ ސުކޫލް
ދިވެހިރާއްޖެ
އެކްޓިވިޓީ ޔުނީފޯމް ތައްޔާރުކޮށް ސަޕްލައި ކޮށްދިނުމާއިގުޅޭ

މި އިޢުލާންވަނީ 31 ޖުލައި 2024 10:20 ގައި ބާތިލް ކުރެވިފައެވެ.


އިޢުލާން

 

އެކްޓިވިޓީ ޔުނިފޯރމް ތައްޔާރުކޮށް ސަޕްލައި ކޮށްދިނުމާއިގުޅޭ


މި ސްކޫލުގެ ދަރިވަރުންގެ އެކްޓިވިޓީ ޔުނިފޯރމް ތައްޔާރުކޮށް ސަޕްލައި ކޮށްދޭނެ ފަރާތެއް ބޭނުންވެއެވެ. މިމަސައްކަތަށް ޝައުގުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 08 އޯގަސްޓު 2024 ވާ ބުރާސްފަތި ދުވަހުގެ 13:00 އަށް މި ސްކޫލަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 19 އޯގަސްޓު 2024 ވާ އަންގާރަ ދުވަހުގެ 13:00 އަށް މި ސްކޫލަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

މި މަސައްކަތް ކުރުމަށް ކުރިމަތިލެވޭނީ ވިޔަފާރި ޤާނޫނު (18/2014) ގެ ދަށުން ރަޖިސްޓަރީކޮށްފައިވާ ކުންފުނިތަކާއި، އަމިއްލަ ފަރުދުންގެ ވިޔަފާރި ޤާނޫނު (19/2014) ގެ ދަށުން ރަޖިސްޓަރީވެފައިވާ ފަރާތްތަކެވެ. މައުލޫމާތު ސާފުކުރާބައްދަލުވުމަށް ވިޔަފާރި ހުއްދައިގެ ކޮޕީއެއް  ގެންނަންވާނެއެވެ.

      މަޢުލޫމާތު ސާފުކުރުމުގެ ބައްދަލުވުމުގައްޔާއި، ބީލަން ހުށަހެޅުމުގެ ބައްދަލުވުމުގައި ކޮންމެ ފަރާތަކަށްވެސް ތަމްސީލު ކުރެވޭނީ 1 ފަރާތެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ހާޟިރުނުވާ ފަރާތްތަކުން ހުށަހަޅާ ބީލަމާއި، ގަޑިޖެހުމުގެ ފަހުން ހުށަހަޅާ ބީލަން ބަލައިނުގަނެވޭނެ ވާހަކަ ދެންނެވީމެވެ.

31 ޖުލައި 2024