ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)317-PP/317/2024/46
ޕަބްލިޝްކުރި ތާރީޚް: 30 ޖުލައި 2024
ޕަބްލިޝްކުރި ގަޑި: 11:18
ސުންގަޑި: 06 އޮގަސްޓް 2024 13:00
މާޅޮސްމަޑުލު ދެކުނުބުރީ ދޮންފަނު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
1446 ވަނަ އަހަރުގެ ދޮންފަނު ކައުންސިލްގެ ޤުރްއާން މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލުން.

     2024 އޮގަސްޓް މަހުގެ 30 ން 31 އަށް މިއިދާރާގެ ފަރާތުން " ދޮންފަނު ކައުންސިލްގެ ޤުރުއާން މުބާރާތް 1446" ގެ ނަމުގައި ޤުރުއާން މުބާރާތް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މި މުބާރާތުގެ މައިގަނޑު މަޤްޞަދަކީ ދަރިވަރުންގެ ހިތްތަކުގައި ޤުރުއާނަށް ލޯބި ޖައްސައި، އަތޮޅު އަދި ޤައުމީ ފެންވަރުގައި ނަން ވިދާލެވޭނެފަދަ ޤާބިލް ދަރިވަރުންތަކެއް އުފެއްދުމެވެ. މި މުބާރާތް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ 02 ގޮތްޕަކަށް ބަހާލައިގެންނެވެ. އެއީ ބަލައިގެން ކިޔެވުމުގެ ގޮތްޕާއި ހިތުން ކިޔެވުމުގެ ގޮތްޕެވެ.

                       މިމުބާރާތުގެ ކޮންމެ ކީ ސްޓޭޖަކުން ބަލައިގެން އަދި ހިތުން ކިޔެވުމުގެ ގޮފީގައި ބައިވެރިވާ ސުކޫލް ދަރިވަރުންގެ ތެރެއިން އެންމެ މަތިން މާރކްސް ލިބޭ 2 ދަރިވަރަކަށް، އަދި ސްކޫލް ދަރިވަރުން ފިޔަވައި 18 އަހަރުން މަތީގެ އުމުރުފުރައިން ބަލައިގެން އަދި ހިތުން ކިޔެވުމުގެގޮފިން ބައިވެރިވާ ކެންޑިޑޭޓުންގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ 2 ކެންޑިޑޭޓަކަށް އަތޮޅު ކައުންސިލުން އިންތިޒާމްކޮށް ކުރިއަށްގެންދާ ޤްރުއާން ކިޔެވުމުގެ މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ލިބިގެންދާނެއެވެ. އަތޮޅު ކައުންސިލްގެ ގްރުއާން މުބާރާތުގެ ގަވާއިދުގައިވާ ގޮތުން، ކޮންމެ ގޮތްޕެއްގެ ކޮންމެ ކީސްޓޭޖަކުންވެސް ފުރުސަތު ލިބެނީ 2 ދަރިވަރަށް ކަމަށްވާތީ، މިމުބާރާތުން ސްކޫލް ކުދިން ހޮވާއިރު ނަގާނީ ކޮންމެ ކީސްޓޭޖެއްގެ ގޮތްޕަކުން އެންމެ މަތިން ޕޮއިންޓް ލިބޭ 2 ދަރިވަރެކެވެ.

                       ވީމާމިމުބާރާތުގައި ކުދިން ބައިވެރި ކުރުމަށް ޝަޢުޤުވެރިވެލައްވާ ފަރާތްތަކުން 06 އޮގަސްޓް 2024 ވާ އަންގާރަ ދުވަހުގެ 13:00 ގެ ކުރިން ކައުންސިލް އިދާރާއަށް ފޯމް ހުށަހެޅުއްވުން އެދެމެވެ. މިފޯމް ކައުންސިލް އިދާރާއިން  ލިބެން ހުންނާނެ ވާހަކަ ދަންނަވަމެވެ. މިއިޢުލާނާއެކު މުބާރާތުގެ ޤަވާޢިދު އަދި މުބާރާތުގައި ބައިވެރިވުމަށްއެދޭ ފޯމް އެއްކަރުދާސް ކުރެވިފައިވާނެކަމުގައި އަންގާ އިޢުލާން ކުރީމެވެ.

30 ޖުލައި 2024