ބީލަން
ނަންބަރު: (IUL)346/346/2024/36
ޕަބްލިޝްކުރި ތާރީޚް: 05 އޮގަސްޓް 2024
ޕަބްލިޝްކުރި ގަޑި: 12:45
ސުންގަޑި: 14 އޮގަސްޓް 2024 13:40
އަރިއަތޮޅު އުތުރުބުރީ ހިމަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ފުޓްސަލް ދަނޑު މަރާމާތު ކުރުން

އިޢުލާން

ހިމަންދޫ ފުޓްސަލް ދަނޑު މަރާމާތު ކުރާނެ ފަރާތެއް ބޭނުންވެއްޖެ

 

 

 

ބީލަން ހުށަހެޅުމުގެ ދަޢުވަތު

 

މި އިޢުލާނާއި އެކު އެއްކަރުދާސް ކުރެވިފައިވާ މަޢުލޫމާތު ޝީޓާއި އެއްގޮތައް ހިމަންދޫ ފުޓްސަލް ދަނޑު މަރާމާތު ކޮށްދޭނޭ ބަޔަކު ބޭނުންވެއްޖެ

ބީލަމަށް ރަޖިސްޓްރީކުރުން

  • މި މަސައްކަތް އަމިއްލަ ތަކެތީގައި ކުރުމަށް ޝައުޤުވެރިވެލައްވާ އެންމެހާ ފަރާތްތަކުން، 08 އޮގަސްޓް 2024 ވާ ބްރާސްފަތި ދުވަހުގެ 14:00 ގެ ކުރިން ބިޑް ރަޖިސްޓަރީ ކުރަންވާނެއެވެ. ބިޑު ރަޖިސްޓަރ ކުރެއްވުމަށް މި އިޢުލާނާއި އެކު އެޓޭޗް ކުރެވިފައިވާ އާއްމު މަޢުލޫމާތު ޝީޓު ފުރިހަމަ ކޮށް މިއިދާރާގެ projects@himandhoo.gov.mv  އީމެއިލް އަށް މެއިލް ކުރެއްވުން އެދެމެވެ.  ނުވަތަ މިއިދާރާގެ ކައުންސިލް އޮފިސަރ އަލްފާޟިލް ފަރްޙަތު އިބްރާހީމް 9880254 އަށް ގުޅުއްވައި އާއްމު މަޢުލޫމާތު ސީޓުގައިވާ މަޢުލޫމާތު ހިއްސާ ކުރެއްވުން އެދެމެވެ.        

މަޢުލޫމާތު ދިނުމުގެ ބައްދަލުވުން

  • ބީލަންވެރިންނަށް މަޢުލުމާތު ދިނުން އޮންނާނީ  11 އޮގަސްޓް 2024 ވާ އާދިއްތަ ދުވަހުގެ 12:00 ގައި މި އިދާރާގެ މީޓިންގ ރޫމްގައެވެ. މަޢުލޫމާތު ދިނުމުގެ ސެޝަނުގައި ބީލަމާއި ގުޅިގެން ސަމާލުކަން ދޭންވީ ކަންކަން ހިއްސާ ކުރުމާއި ބީލަންވެރިންގެ ސުވާލުތަކަށް ޖަވާބު ދިނުމާއި ސައިޓް ދެއްކުން އޮންނާނެއެވެ.

ބީލަން ހުށައެޅުން

 

  • ބީލަން ހުޅުވުން އޮންނާނީ 14 އޮގަސްޓް 2024 ވާ ބުދަ ދުވަހުގެ 13:40 ގައި މި އިދާރާގެ މީޓިން ރޫމްގައެވެ.
  • ބީލަން ހުށަހެޅުމަށް ރަޖިސްޓްރީ ނުކުރައްވާ ފަރާތްތަކާއި ގަޑިޖެހުމަށްފަހު ހުށަހަޅުއްވާ ބީލަންތަކާއި، އީމެއިލާއި ފެކްސްގެ ޒަރީޢާއިން ފޮނުއްވާ ބީލަންތައް ބަލައިނުގަނެވޭނެއެވެ.
  • ކޮންމެ ފަރާތަކަށްވެސް ހުށަހެޅޭނީ 1 ބީލަމެވެ.

     

                                       މިހެންވެ، މިކަން ޢާއްމުކޮށް އަންގާ އިޢުލާން ކުރީމެވެ.

                                                  1 ސަފަރު 1446ހ.

                                                    05 އޮގަސްޓް 2024މ.

05 އޮގަސްޓް 2024