މަސައްކަތް
ނަންބަރު: (IUL)413/413/2024/26
ޕަބްލިޝްކުރި ތާރީޚް: 06 އޮގަސްޓް 2024
ޕަބްލިޝްކުރި ގަޑި: 12:05
ސުންގަޑި: 15 އޮގަސްޓް 2024 00:00
ހުވަދުއަތޮޅު އުތުރުބުރީ ގެމަނަފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ގއ.ގެމަނަފުށީރަސްމީ ވޮލީކޯޓު މަރާމާތް ކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމާއި ބެހޭ:

ގއ.ގެމަނަފުށީރަސްމީ ވޮލީކޯޓު މަރާމާތް ކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމާއި ބެހޭ:

         ގއ.ގެމަނަފުށީ ރަސްމީ ވޮލީކޯޓު މަރާމާތް ކުރުމުގެ މަސައްކަތްތައް ކޮށްދޭނެ ފަރާތެއް ބޭނުންވެއްޖެއެވެ. މިމަސައްކަތް ހުޅުވާލެވިފައިވަނީ، ވިޔަފާރި ރަޖިސްޓަރީކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު: 18/2014) ގެ ދަށުން ވިޔަފާރި ރަޖިސްޓަރީ ކޮށްފައިވާ ފަރާތްތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނު ނަންބަރު: 19/2014) ގެ ދަށުން ވިޔަފާރި ރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތަކަށެވެ.

         މިމަސައްކަތް ކޮށްދޭން ޝައުޤުވެރިވާ ފަރާތްތަކުން ބިޑްގައި ބައިވެރިވުމަށް 15 އޮގަސްޓް 2024 ގެ 10:00 ގެ ކުރިން gemoffice@gmail.com އަށް ސިޓީއަކުން އެކަން އަންގަވައިދެއްވުން އެދެމެވެ. އަދި އިތުރު މަޢުލޫމާތު ހޯއްދެވުމަށް 7916609 އަށް ގުޅުއްވުން އެދެމެވެ.

         މިމަސައްކަތުގެ ޕްރީބިޑް މީޓިންގ އޮންނާނީ 25 އޮގަސްޓް 2024   ގެ 10:00 ގައި ގެމަނަފުށި ކައުންސިލް އިދާރާގެ ޖަލްސާކުރާ މާލަމުގައެވެ. ބީލަމުގައި ބައިވެރިވުމަށް އެދުނު ފަރާތްތަކަށް މީޓިންގައި ބައިވެރިވެވޭނެއެވެ. އަދި ޕްރީބިޑް މީޓިންގައި ބައިވެރި ނުވިނަމަވެސް ބިޑް ސަބްމިޓް ކުރެވޭނެއެވެ.

         މިމަސައްކަތަށް ބިޑް ހުށަހެޅުން އޮންނާނީ 01 ސެޕްޓެމްބަރ 2024  ގެ 10:00  ގައި ގެމަނަފުށި ކައުންސިލް އިދާރާގެ ޖަލްސާކުރާ މާލަމުގައެވެ.

 

ނަން: އަމިއްލަ ފަރުދުން/ވިޔަފާރި،ކުންފުނި

މެއިލް އެޑްރެސް

ގުޅޫނެ ފޯންނަމްބަރ

        މެއިލް ކުރައްވާއިރު މި މައުލޫމާތް ފުރިހަމަ ކުރައްވަންވާނެއެވެ.

 

               މިހެންވެ މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

06 އޮގަސްޓް 2024