ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)423/423/2024/61
ޕަބްލިޝްކުރި ތާރީޚް: 06 އޮގަސްޓް 2024
ޕަބްލިޝްކުރި ގަޑި: 12:06
ހުވަދުއަތޮޅު ދެކުނުބުރީ ފަރެސްމާތޮޑާ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ފަރެސްމާތޮޑާ ބަނދަރު ސަރަޙައްދު ބޭނުންކުރުމާއި ގުޅޭ

އެނގިވަޑައިގަންނަވާނެ ފަދައިން ފަރެސްމާތޮޑާ ބަނދަރަކީ ކާރޫބާރޫ ބޮޑު ބަނދަރަކަށްވެފައި، ބަނދަރު ބޭނުން ކުރުމުގައި ޚާއްޞަ ސަމާލުކަމެއްދެއްވުމަކީ، ބަނދަރުގެ ބޭނުން އެންމެ ފުރިހަމ ގޮތުގައި ހިފުމަށްޓަކައި ކޮންމެހެން ކުރަންޖެހޭ ކަމެކެވެ. އެގޮތުން، ބަނދަރުގެ ރަސްމީ ބޭނުންތަކަށް ކަނޑައަޅާފައިވާ ސަރަޙައްދު މިހާރު ބޭނުންކުރަމުން ދާނީ އާރު.ޓީ.އެލް ފެރީއަށް ޙާއްޞަކުރެވިގެންނެވެ.

ވީމާ، އާރު.ޓީ.އެލްގެ އުޅަނދުފަހަރުތަކަށް ޙާއްޞަ ކުރެވިފައިވާ ސަރަޙައްދުގައި އެހެން އެއްވެސް އުޅަނދެއް ބޭއްވުމާއި ލަފާފުރުމަކީ މަނާކަމެއްކަމުގައި ދެންނެވީމެވެ.

މިހެންވެ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

06 އޮގަސްޓް 2024