ބީލަން
ނަންބަރު: (IUL)GS80/GS80/2024/18
ޕަބްލިޝްކުރި ތާރީޚް: 06 އޮގަސްޓް 2024
ޕަބްލިޝްކުރި ގަޑި: 13:25
ސުންގަޑި: 14 އޮގަސްޓް 2024 13:15
އުލިގަމު ސްކޫލް، ހއ. އުލިގަން
ދިވެހިރާއްޖެ
ބީލަން ހުށަހެޅުމުގެ ދަޢުވަތު

އުލިގަމު ސްކޫލު ކްލާސްރޫމްތަކުގެ ދޮރުތަކުގައި ކުރަންޖެހޭ މަރާމާތުގެ މަސައްކަތް

1-                 މި ސްކޫލުގެ ކްލާސްރޫމްތަކުގެ ދޮރުތަކުގައި ކުރަންޖެހޭ މަރާމާތުކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ. ވީމާ މި މަސައްކަތް ކޮށްދިނުމަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު މިކަމަށް ޝަރުޠުހަމަވާ ހުރިހާ ފަރާތްތަކަށް ހުޅުވާލަމެވެ.

2-                 މި މަސައްކަތަށް ކުރިމަތިލާ ފާރަތްތަކުގައި ހުންނަންޖެހޭ ޝަރުތުތައް ބީލަންފޮތުގައި ބަޔާންކުރެވިފައިވާނެއެވެ.

3-                 މި ޕްރޮކިއުމަންޓްގައި ރަޖިސްޓްރީ ކުރުމަށް ‏2024‏ އޮގަސްޓު 06 ން ‏2024‏ އޮގަސްޓު 13 ގެ ނިޔަލަށް ތިރީގައިވާ ލިންކު މެދުވެރިކޮށް "ބިޑް ރަޖިސްޓްރީ ފޯމް" ފުރިހަމަކޮށް ރަޖިސްޓްރީ ކުރެއްވުމަށް ދެންނެވީމެވެ. ބީލަން ހުށަހެޅޭނީ މި މުއްދަތުގައި ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށެވެ.

"ބިޑް ރަޖިސްޓްރީ ފޯމް" ގެ ލިންކު: https://forms.gle/EhFV8gaC5H8xkBiEA

4-                 މި ޕްރޮކިއުމަންޓާ ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ ‏2024‏ އޮގަސްޓު 13 ވަނަ ދުވަހުގެ ކުރިން މި އިޢުލާންގެ 7 ވަނަ ނަންބަރުގައިވާ އެޑްރެހަށް އީމެއިލް މެދުވެރިކޮށް ފޮނުއްވުން އެދެމެވެ.

5-                 ބީލަން ހުށަހެޅުމާއި ބީލަން ހުޅުވުން އޮންނާނީ ‏2024‏ އޮގަސްޓު 14 ވަނަ ދުވަހުގެ 13:15 ގައި އުލިގަމު ސްކޫލް އޮފީހުގައެވެ.

6-                 މި ޕްރޮކިއުމަންޓާގުޅޭ ބީލަން ފޮތް މިއިޢުލާނާއެކު އާންމު ކުރެވިފައިވާނެއެވެ.

7-                 މި ޕްރޮކިއުމަންޓާގުޅޭ އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

އެޑްމިނިސްޓްރޭޝަން ސެކްޝަން

އުލިގަމު ސްކޫލް، ހއ. އުލިގަން، ދިވެހިރާއްޖެ

ފޯން: 6500548

އީމެއިލް: admin@uligamuschool.edu.mv

ކޮޕީ-މެއިލް: akram@uligamuschool.edu.mv

06 އޮގަސްޓް 2024