މަސައްކަތް
ނަންބަރު: (IUL)292-PR/292/2024/20
ޕަބްލިޝްކުރި ތާރީޚް: 06 އޮގަސްޓް 2024
ޕަބްލިޝްކުރި ގަޑި: 13:26
ސުންގަޑި: 30 ސެޕްޓެންބަރު 2024 13:30
މިލަދުންމަޑުލު ދެކުނުބުރީ މިލަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކައުންސިލްގެ ލޯގޯ ފަރުމާކޮށްދޭނެ ފަރާތެއް ހޯދުން

ކައުންސިލްގެ ލޯގޯ ފަރުމާކޮށްދޭނެ ފަރާތެއް ހޯދުން:

                ކައުންސިލްގެ ރަސްމީ ސިއްކައިގެ ގޮތުގައި ބޭނުންކުރުމަށާއި، ކައުންސިލްގެ ފަރާތުން އިންތިޒާމްކޮށްގެން ބާއްވާ މުބާރާތްތަކާއި، ބައިވެރިވާ ހަރަކާތްތަކާއި، އެކި އެކި ރަސްމިއްޔާތުތަކުގައި ބޭނުންކުރުމަށް ލޯގޯ ފަރުމާކުރުމުގެ ފުރުޞަތު ހުޅުވާލަމެވެ. ހުށަހަޅާ ލޯގޯތަކުގެ ތެރެއިން ހޮވޭ އެންމެ ރަނގަޅު ލޯގޯއަކަށް 15000.00 (ފަނަރަހާސް ރުފިޔާ)ގެ ފައިސާގެ އިނާމެއް ދިނުމަށް ވަނީ ކަނޑައެޅިފައެވެ.

އެހެންކަމުން، މި ކައުންސިލްގެ ލޯގޯ ފަރުމާކުރުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ، މި އިދާރާއިން ދޭ މައުލޫމާތާއި އެއްގޮތަށް ، ލޯގޯ ފަރުމާކުރުމަށްފަހު ޕްރޮޕޯސަލް ހުށައެޅުން އެދެމެވެ. މި މަސައްކަތަށް ބޭނުންވާ މައުލޫމާތު ، މި އިއުލާނާއި އެއްކަރުދާސް ކުރެވިފައިވާނެއެވެ. މި އިއުލާނާއިއެކު ހިމަނާފައިވާ މައުލޫމާތު ކަރުދާހާއި އެއްގޮތަށް، ލޯގޯގެ ސޮފްޓްކޮޕީ އަދި ދެންނެވިފައިވާ ލިޔެކިޔުންތައް ފުރިހަމަކުރުމަށްފަހު 30 ސެޕްޓެމްބަރ 2024 ވާ ހޯމަ ދުވަހުގެ 13:30ގެ ކުރިން މިއިދާރާއަށް info@miladhoo.gov.mv މެއިލް ކުރެއްވުން އެދެމެވެ. މި އިއުލާނާއި ގުޅިގެން އިތުރު މައުލޫމާތު ސާފުކުރައްވަން ބޭނުންވެއްލައްވާނަމަ، ރަސްމީގަޑިގައި މި އިދާރާގެ ނަންބަރު 7470014 ފޯނަށް ގުޅުއްވުން އެދެމެވެ.

                   ވީމާ މިކަން ޢާންމުކޮށް އެންގުމައްޓަކައި އިޢުލާން ކުރީމެވެ.

06 އޮގަސްޓް 2024