ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)378/2024/35
ޕަބްލިޝްކުރި ތާރީޚް: 05 އޮގަސްޓް 2024
ޕަބްލިޝްކުރި ގަޑި: 08:43
ސުންގަޑި: 25 އޮގަސްޓް 2024 23:59
ނިލަންދެއަތޮޅު ދެކުނުބުރީ ހުޅުދެލީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ތުނޑީ ސަރަޙައްދުގައި ހުރި ބައުވެ، ފީވެފައިވާ އުޅަނދުތަކާއި ތަކެތި ނެގުން

މިރަށު ތުނޑީ ސަރަޙައްދު (ހުޅުދެލީ މެޖިސްޓްރޭޓް ކޯޓް) ގެ އިރުން އޮތް ބިން ސާފު ކުރުމަށް ބޭނުންވާތީ،  މިދެންނެވި ސަރަޙައްދުގައި ހުރި ގިނަ ދުވަސްވުމުގެ ސަބަބުން ބައުވެ،ފީވެ، ހަލާކުވަމުންދާ އުޅަނދު ފަހަރާއި، ދަރު ދުމަށި ފަދަ ތަކެތީގެ ވެރިފަރާތްތަކުން 25 އޮގަސްޓް 2024 (އާދިއްތަ) ދުވަހުގެ ނިޔަލަށް މިތަކެތި ނަންގަވާ،  ބިން ސާފުކުރެއްވުމަށް ދެންނެވީމެވެ.  އަދި ދެންނެވުނު ތާރީޚްގެ ފަހުން އެބިމުގައި ހުންނަ މިފަދަ ތަކެތި ޤާނޫނީ ހަމަތަކުގެ މަތިން ނައްތާލުމުގެ މަސައްކަތް ކުރެވޭނޭ ކަމުގައިވެސް ދެންނެވީމެވެ.

05 އޮގަސްޓް 2024