ބީލަން
ނަންބަރު: (IUL)325-ES/325/2024/50
ޕަބްލިޝްކުރި ތާރީޚް: 07 އޮގަސްޓް 2024
ޕަބްލިޝްކުރި ގަޑި: 11:37
ސުންގަޑި: 26 އޮގަސްޓް 2024 13:00
މާޅޮސްމަޑުލު ދެކުނުބުރީ ގޮއިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ވަލުގެ ހުރަސްމަގުތަށް ސާފުކޮށްދޭނެ ފަރާތެއްހޯދުން

ވަލުގެ ހުރަސްމަގުތަށް ކޮށާ ވިނަ ނޮޅާ ބިން ސާފުކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ.

ވީމާ މިމަސައްކަތް ކުރުމަށް ޝައުޤުވެރިވާ ފަރާތްތަކުން 15 އޮގަސްޓް 2024 ވާ ބުރާސްފަތި ދުވަހު 13:00އަށް މިކައުންސިލަށް ދުރުވެ މަޢުލޫމާތު ސާފުކުރުމަށްފަހު ، 26 އޯގަސްޓް 2024 ވާ ހޯމަ ދުވަހުގެ 13:00 އަށް އަންދާސީ ހިސާބު  ހުށަހެޅުއްވުން އެދެމެވެ. އަންދާސީ ހިސާބު ހުށަހަޅުއްވާނީ ބަންދުކުރެވިފައިވާ ސިޓީ އުރައެއްގައެވެ. ސިޓީއުރައިގެބޭރުގައި"ވަލުތެރޭގެ ހުރަސްމަގުތަށް ސާފުކުރުމަށް  އެދި" މިހެން ލިޔެފައި އޮންނަން ވާނެއެވެ.

މައުލޫމާތު ސާފުކުރުމަށް ވަޑައިނުގަންނަވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުޞަތެއް ނޯންނާނެއެވެ. މިއެސްޓިމޭޓްގައި ބައިވެރިވެވޭނީ، ވިޔަފާރި ރަޖިސްޓުރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރ: 18/2014) ގެ ދަށުން ވިޔަފާރިއެއް ރަޖިސްޓްރީ ކުރެވިފައިވާ ކުންފުނި، ޕާރޓްނަރޝިޕް، އަދި ކޯޕަރޭޓިވް ސޮސައިޓީތަކަށާއި ، އަމިއްލަ ފަރުދުންގެ ވިޔަފާރިތަކަށެވެ. އަދި މިދެންނެވި ވިޔަފާރިތަކުގެ ވެރިފަރާތްތަކަށް މައުލޫމާތު ސާފުކުރުމުގެ ބައްދަލުވުމަށް ހާޟިރުނުވެވޭނަމަ، ރަސްމީ ލިޔުމަކުން ބަދަލުގައި އެހެންފަރާތެއް ހަމަޖެއްސިދާނެއެވެ. މި ލިޔުމާއެކު ބަދަލުގައި އަންނަ ފަރާތުގެ އައިޑީ ކާޑް ކޮޕީ ހުށަހަޅަންވާނެއެވެ. އަންދާސީ ހިސާބު ހުށަހަޅާ ފަރާތްތަކަށް މާރކްސް ދޭނެ ގޮތާއި ، އަންދާސީ ހިސާބު ހުށަހަޅުއްވާއިރު  ސަމާލުކަން ދެއްވަންވީ  މައިގަނޑު ކަންކަން ތިރީގައި މިވަނީއެވެ.

  1 މާރކްސް ދެވޭނެ ގޮތުގެ ތަފްޞީލް

މާރކްސް ދެވޭ ކްރައިޓީރިޔާ

މާކްސްދެވޭ މިންގަނޑު

ތަފްޞިލް

ފޯރމިއުލަރ

އަގު

80%

v    އަގަށް ދެވޭ މާރކްސް

v     މާރކްސް ދެވޭނީ މިއިދާރާގެ ޓޭކްނިކަލް އިވެލުއޭޝަންއިން ފާސްވާ ފަރާތްތަކުގެ ތެރެއިން ހުށަހަޅާ އެންމެ ކުޑައަގަކީ ބެންޗްމާރކެއް ކަމުގައިބަލައިގެން ކްރައިޓީރިޔާއަށް އެލޮކޭޓް ކުރެވިފައިވާ % ހުރިހާ އަގުތަކެއްގެ މެދުގައި ބަހާލައިގެންނެވެ.

v    މިގޮތުން އެންމެ ގިނަ މާރކްސް ދެވޭނީ އެންމެ ކުޑަ އަގަށެވެ.

Benchmark price/Submitted price x Allocarted percentage

މުއްދަތު

20%

v    މުއްދަތައް ދެވޭ މާރކްސް

v    މާރކްސް ދެވޭނީ މިއިދާރާގެ ޓޭކްނިކަލް އިވެލުއޭޝަންއިން ފާސްވާ ފަރާތްތަކުގެ ތެރެއިން ހުށަހަޅާ އެންމެ ކުޑަ މުއްދަތަކީ ބެންޗްމާރކެއް ކަމުގައިބަލައިގެން ކްރައިޓީރިޔާއަށް އެލޮކޭޓް ކުރެވިފައިވާ % ހުރިހާއަގުތަކެއްގެ މެދުގައި ބަހާލައިގެންނެވެ.

v    މިގޮތުން އެންމެ ގިނަ މާރކްސް ދެވޭނީ އެންމެ ކުޑަ މުއްދަތަކަށެވެ.

Benchmark price/Submitted price x Allocarted percentage

 

2  ސަމާލުކަންދޭންވީ ކަންތައްތައް

1 ތިރީގައިވާ މަރުހަލާތައް ފުރިހަމަ ނުކުރައްވާ ފަރާތްތަކުގެ އަގުތައް ބަލައިނުގަނެވޭނެއެވެ.

v    މައުލޫމާތު ސާފްނުކުރައްވާ ފަރާތްތައް

v    މަޢުލޫމާތު ފުރިހަމަ ނުވާ ފަރާތްތަކުގެ އަގުތައް

v    އަންދާސީ ހިސާބު ހުށަހެޅުމަށް ކަނޑައެޅިފައިވާ ސުންގަޑީގެ ފަހުން ހުށަހަޅާ އަގުތައް

  2 ހުށަހެޅިފައިވާ އެސްޓިމޭޓް ބާޠިލްވާ މުއްދަތު މަދުވެގެން 30 ދުވަހަށް ވާންވާނެއެވެ.

3 އަގާއެކު ހުށަހަޅަންޖެހޭ ތަކެތި

   1 އަންދާސީ ހިސާބު ހުށަހަޅާ ފަރާތުގެ އައިޑީ ކާޑުގެ ޞައްޙަ ކޮޕީ

   2 ކުންފުންޏެއް ނަމަ ކުންފުނީގެ ރަޖިސްޓްރީއާއި ، އެންމެ ފަހުގެ އޮޑިޓް ފައިނޭންޝަލް ރިޕޯޓް

4 އިތުރުމަޢުލޫމާތު ސާފްކުރެއްވުމަށް ގުޅުއްވާނީ :

          ފޯންނަމްބަރ :          6600005

          ފެކްސް ނަމްބަރ :       6600005

މިހެންވެ މިކަން ޢާންމުކޮށް އަންގާ އިޢުލާން ކުރީމެވެ.  

07 އޮގަސްޓް 2024