ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)322/322/2024/111
ޕަބްލިޝްކުރި ތާރީޚް: 07 އޮގަސްޓް 2024
ޕަބްލިޝްކުރި ގަޑި: 13:40
ސުންގަޑި: 13 އޮގަސްޓް 2024 11:00
މާޅޮސްމަޑުލު ދެކުނުބުރީ ހިތާދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރުއްކެނޑުމަށް ކޯޓޭޝަން ބޭނުންވެއްޖެ.

މި އިޢުލާންވަނީ 12 އޮގަސްޓް 2024 13:58 ގައި ބާތިލް ކުރެވިފައެވެ.


1. މިރަށު ދިގުމަގު ކޮޅުގައިހުރި އާރއޯ ޕްލާންޓްގެ ހުޅަނގުގައި ރަތްދަވާދުން 1، 2، 3، 6، 7، 8، 10، 11، 12 އަދި ދެކުނުގައި ރަތްދަވާދުން 14 ޖަހާފައިވާ ރުއްތައް ކަނޑަން ބޭނުންވެއެޖެއެވެ.

2. މިކަމަށް ކުރިމަތިލާން ބޭނުންވާ ފަރާތްތަކުން މިއިދާރާއިން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 13 އޮކްޓޯބަރ 2024 ވާ އަންގާރަ ދުވަހުގެ 09:00 އާއި 11:00 އާއި ދެމެދު މިއިދާރާއަށް ކޯޓޭޝަން ހުށަހެޅުއްވުން އެދެމެވެ.

3. ކޯޓޭޝަން އާއެކު ވިޔަފާރި ރެޖިސްޓްރީ ކޮޕީއެއް އަދި ވެރިފަރާތުގެ އައިޑީ ކާޑު ކޮޕީއެއް ހުށަހަޅަން ވާނެއެވެ.

4. ދައުލަތުގެ މާލިއްޔަތު ޤަވައިދުގާ ބަޔާންކުރާ ' ކްލޯޒް ރިލޭޓިވް ' ނުވަތަ ' ކްލޯޒް އެސޯސިއޭޓް' އެއްކަމަށްވާ ފަރާތެއް މިއިދާރާގެ މުވައްޒަފެއްގެ ގޮތުގައި މަސައްކަތް ކުރާނަމަ އެކަމުގެ މަޢުލޫމާތު ކޯޓޭޝަންގައި ހިމަނަންވާނެއެވެ.

 

 

 

 

 

07 އޮގަސްޓް 2024