ބީލަން
ނަންބަރު: (IUL)393/393/2024/81
ޕަބްލިޝްކުރި ތާރީޚް: 08 އޮގަސްޓް 2024
ޕަބްލިޝްކުރި ގަޑި: 11:06
ސުންގަޑި: 20 އޮގަސްޓް 2024 11:00
ކޮޅުމަޑުލު ކިނބިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކިނބިދޫގައި އުފެދޭ ކުނި އަދި ކުނިވާޒާތުގެ ކުނި ނަގައި އުކާލަދިނުމާއި ކާދު ހަދައިދޭނެ ފަރާތެއް ހޯދުން

ކިނބިދޫގައި އުފެދޭ ކުނިވާ ޒާތުގެ ކުނި ގޭގެއަށް ގޮސްނަގައި އަދި މިއިދާރާއިން ހަމަޖައްސާ އުސޫލާއި އެއްގޮތަށް ޑަސްބިން ބެހެއްޓިފައިވާ ތަންތަނުން ކޮންމެދުވަހަކު ޑަސްބިން ނަގައި، އުކައި ސާފުކޮށް ކާދު ހަދައިދޭނެ ފަރާތެއް ހޯދުމަށް ބޭނުންވާތީ، އެކަމަށް ޝައުޤުވެރިވާ ފަރާތްތަކަށް އެފުރުޞަތު ހުޅުވާލަމެވެ. މިމަސައްކަތުގެ / ޚިދުމަތް ފޯރުކޮށް ދިނުމުގެ މުއްދަތަކީ މީލާދީ 1 އަހަރު ދުވަހެވެ.

 

ބީލަން ފޯމް ދޫކުރުން

  1. ބީލަން ފޯމް ވިއްކުމަށް ހަމަޖެހިފައިވަނީ 08 އޯގަސްޓް 2024 ން ފެށިގެން 20 އޯގަސްޓް 2024 ވާ އަންގާރަ ދުވަހުގެ 10:00 ގެ ނިޔަލަށެވެ. 
  2. ބީލަން ފޯމެއްގެ އަގަކީ -/150 (އެއްސަތޭކަ ފަންސާސް) ރުފިޔާ އެވެ.
  3.  ބީލަން ފޯމް ލިބޭނީ މި އިދާރާގެ ކައުންޓަރުންނާއި މި އިދާރާގެ ވެބްސައިޓުންނެވެ.
  4. ބީލަން ފޯމް ބަލައިގަނެވޭނީ މިއިދާރާއަށް ދުރުވެ ފައިސާ ދެއްކުމުން ނުވަތަ މިއިދާރާގެ އެކައުންޓް ނަމްބަރ

7725700293001 ( 1443 ރެވެނިއު 1) އަށް ފައިސާ ޖަމާކޮށް ފައިސާ ދެއްކި ސްލިޕްކޮޅު 9686439 އަށް ވައިބަރ/ޓެލްގްރާމް ކުރެއްވުމުންނެވެ.

ރަޖިސްޓަރީ ކުރުމަށް ހުށަހެޅުން

ރަޖިސްޓަރީ ކުރުމަށް ހުށަހެޅޭނީ ދިވެހިރާއްޖޭގެ ވިޔަފާރި ރަޖިސްޓަރީ ކުރުމުގެ ޤާނޫން (18/2014) ގެ ދަށުން ރަޖިސްޓަރީ ވެފައިވާ ކުންފުނިތަކަށާއި އަމިއްލަ ފަރުދުންގެ ވިޔަފަރި ރަޖިސްޓަރީ ކުރުމުގެ ޤާނޫން (19/2014) ގެ ދަށުން ރަޖިސްޓަރީވެ ރަޖިސްޓަރީގެ މުއްދަތު ހަމަނުވާ ފަރާތްތަކެވެ. ބިޑް ހުށަހެޅުމުގައި ބައިވެރި ވެވޭނީ  މީގެތެރެއިން ކޮންމެވެސް އެއް ޙައިސިއްޔަތަކުންނެވެ.

މަޢްލޫމާތު ސާފުކޮށް ދިނުން

އިތުރު މަޢްލޫމާތު ސާފުކުރުމަށް ބޭނުންފުޅުވާ ފަރާތްތަކަށް މަޢްލޫމާތު ސާފުކޮށް ދިނުމަށް ހަމަޖެހިފައިވަނީ ކޮޅުމަޑުލު ކިނބިދޫ ކައުންސިލް އިދާރާގެ އީ-މެއިލް info@kinbidhoo.gov.mv މެދުވެރިކޮށެވެ.

ބީލަން ހުށަހެޅުމާއި ބީލަން ހުޅުވުމުގެ ސުންގަޑި

ތަން: ކޮޅުމަޑުލު ކިނބިދޫ ކައުންސިލްގެ އިދާރާގެ ޖަލްސާކުރާ މާލަމް

ތާރީޚް: 20 އޯގަސްޓް 2024  އަންގާރަ ދުވަހުގެ މެންދުރުކުރި 11:00

ބަދަލުގައި މީހަކު ފޮނުއްވާނަމަ: ހުށަހަޅާ ފަރާތުގެ އައިޑީ ކާޑްގެ ފޮޓޯކޮޕީ އާއި ސިޓީއެއް ފޮނުއްވަން ވާނެއެވެ. އަދި، ބީލަން ހުށަހަޅުއްވަންވާނީ ބަންދު ކުރެވިފައިވާ ސިޓީއުރައެއްގައެވެ.

 

 

 

މަސައްކަތުގެ ތަފްޞީލް:

  1. ކުނި އުކަންވާނީ ކައުންސިލުން ކަނޑައަޅާ ކުނިކޮށްޓަށް.
  2. ކުނި ނެގުމަށް ރަޖިސްޓްރީކޮށްފައިވާ ގޭގެއިން ކުނިވާ ޒާތުގެ ކުނި ހަމަޖެހިފައިވާ އުސޫލުން ނެގުން.
  3. ކައުންސިލުން އެކިއެކި ސަރަޙައްދުތަކުގައި ބަހައްޓާފައި ހުރި ޑަސްބިންތައް އުކައި ސާފުކޮށް ބެލެހެއްޓުން.
  4. ކައުންސިލުން ހަމަޖައްސާ ގޮތެއްގެ މަތީން ގޭބިސީ ތަކާއި މުއައްސަސާތަކުން ކުނިނަގައި ކުނި އުކާލުން.
  5. ކައުންސިލުން ހަމަޖައްސާ އުޞޫލުތަކާ އެއްގޮތްވާ ގޮތުގެމަތިން ކާދުހެދުމުގެ މަސައްކަތްކުރުން.
  6. މީގެ އިތުރުންވެސް ކުނި މެނޭޖް ކުރުމާގުޅޭ ގޮތުން ކައުންސިލުން އަންގާ މަސައްކަތްތައް ކުރުން.

އަންދާސީ ހިސާބުތަކަށް ޕޮއިންޓް ދިނުމަށް ހަމަޖެހިފައިވާ ގޮތް

  1. ހުށަހަޅާ އަގު  %50 ( އަގަށް ޕޮއިންޓް ދެވޭނީ އެއްމެ ކުޑައަގު / ހުށަހެޅި އަގުގެ 50x)
  2. މަސައްކަތް ކުރުމަށް ބޭނުން ކުރާ އަމިއްލަ ތަކެއްޗަށް %20 (މިމަސައްކަތް ކުރުމަށް ހަމަޖެހިފައިވަނީ މަސައްކަތާ ޙަވާލުވާ ފަރާތުގެ ޕިކަޕް ނުވަތަ ބަގީގައި، އަދި މިނޫންވެސް އެމަސައްކަތް ކުރުމަށް ބޭނުންވާނެ އެފަރާތުގެ އަމިއްލަ ތަކެތީގައެވެ.)
  3. މަސައްކަތުގެ ތަޖުރިބާ %30 (މިބަޔަށް ޕޮއިންޓް ލިބޭނީ މަސައްކަތް ކޮށްފައިވާ ކޮންމެ އަހަރަށް 1 ޕޮއިންޓްގެ އުސޫލުން، ގުޅުންހުރި ލިއުންތަކަށެވެ.)

 

ބީލަމާއެކު ހުށަހަޅަންޖެހޭ ތަކެތި

  1. ބިޑް ހުށަހަޅާ ފޯމް
  2. ޕްރޮޕޯސަލް ( މަސައްކަތުގެ ޕްލޭން)
  3. ތަޖްރިބާގެ ލިއުންތައް
  4. އައި ޑީ ކާޑްގެ ދެފުށުގެ ސާފު ކޮޕީ
  5. ވިޔަފާރި ރަޖިސްޓަރީގެ ކޮޕީ

            04  ޞަފަރު  1446 ހ

08 އޮގަސްޓް 2024