މަސައްކަތް
ނަންބަރު: (IUL)336/336/2024/51
ޕަބްލިޝްކުރި ތާރީޚް: 08 އޮގަސްޓް 2024
ޕަބްލިޝްކުރި ގަޑި: 12:31
ސުންގަޑި: 15 އޮގަސްޓް 2024 09:30
މާލެއަތޮޅު ގުޅީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ޓުއަރިސްޓް ބީޗް ފެންސް ޖަހައިދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެ.

     ގުޅީ ޓުއަރިސްޓް ބީޗްގައި ކައުންސިލުން ދޭ މަޢުލޫމާތާއި އެއްގޮތަށް ފެންސް ޖަހައިދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ. މި ޕްރޮޖެކްޓަށް ބީލަން ހުށަހެޅޭނީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގެ ކުދި އަދި މެދު ފަންތީގެ ވިޔަފާރީގެ ގިންތިއަކުން ގިންތިއެއްގައި ރަޖިސްޓްރީ ކުރެވިފައިވާ ދިވެހި ވިޔަފާރިތަކަށެވެ. މި ޕްރޮޖެކްޓްގައި ރަޖިސްޓްރީ ކުރުމަށް 08 އޮގަސްޓް 2024 ން 12 އޮގަސްޓް 2024 ގެ ނިޔަލަށް އެޓޭޗް ކުރެވިފައިވާ ގޫގުލް ފޯމް ލިންކް މެދުވެރިކޮށް ރަޖިސްޓްރީ ކުރެއްވުން އެދެމެވެ. ބީލަން ހުށަހެޅޭނީ މިމުއްދަތުގައި ރަޖިސޓްރީ ކުރާ ފަރާތްތަކަށެވެ.

     މިޕްރޮޖެކްޓާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 13 އޮގަސްޓް 2024 ވަނަ ދުވަހުގެ 12:30ގެ ކުރިން މި އިޢުލާންގައިވާ މެއިލް އެޑްރެހަށް މެއިލް ފޮނުއްވުންއެދެމެވެ. ބީލަން ހުށަހެޅުމާއި ބީލަން ހުޅުވުން އޮންނާނީ 15 އޮގަސްޓް 2024 ވަނަ ދުވަހުގެ  09:30 ގައި  މާލެ އަތޮޅު ގުޅީ ކައުންސިލް އިދާރާގެ މީޓިންގ ރޫމްގައެވެ. މިޕްރޮޖެކްޓާގުޅޭ ބީލަން ފޮތް މިއިޢުލާނާއެކު އެޓޭޗް ކުރެވިފައިވާނެއެވެ. މިޕްރޮޖެކްޓާގުޅޭ އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

 

ރެޖިސްޓްރޭޝަން ފޯމް ލިންކް:  https://forms.gle/uvDh4BKUzC1te3cKA

އީމެއިލް: procurement@gulhi.gov.mv

08 އޮގަސްޓް 2024