ބީލަން
ނަންބަރު: (IUL)468-APS/468/2024/213
ޕަބްލިޝްކުރި ތާރީޚް: 08 އޮގަސްޓް 2024
ޕަބްލިޝްކުރި ގަޑި: 13:43
ސުންގަޑި:
22 އޮގަސްޓް 2024 11:30
ފުވައްމުލަކު ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
މަސްޖިދުލް އުއްމުލްޤުރާގެ މެއިން އެންޓްރެންސްގެ ވޯލްކްވޭ އަދި ސިޑިބަރީގެ ޓައިލްސް ބަދަލުކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމާއި ގުޅޭ
- މަސްޖިދުލް އުއްމުލްޤުރާގެ މެއިން އެންޓްރެންސްގެ ވޯލްކްވޭ އަދި ސިޑިބަރީގެ ޓައިލްސް ބަދަލުކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ. ވީމާ، މި މަސައްކަތަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު މިކަމަށް ޝަރުޠުހަމަވާ ހުރިހާ ފަރާތްތަކަށް ހުޅުވާލަމެވެ.
- ބީލަމުގައި ބައިވެރިވުމަށް އެދޭ ފަރާތްތަކުން 15 އޯގަސްޓް 2024 ގެ 12:00 ގެ ކުރިން މި އިދާރާގެ މެއިލް އެޑްރެހަށް، ((procurement@fuvahmulah.gov.mv އިޢުލާން ނަންބަރާއި، ބިޑްގައި ބައިވެރިވާން ބޭނުންވާ ފަރާތުގެ ތަފްސީލާއިއެކު (ކުންފުނީގެ ނަމާއި އެޑްރެސް/ ފޯން ނަންބަރު/ އީމެއިލް އެޑްރެސް/ފުރިހަމަ ނަން) މެއިލްކޮށްދެއްވުން އެދެމެވެ.
- ބީލަމާއި ގުޅޭ މަޢުލޫމާތު ސެޝަން 18 އޯގަސްޓް 2024 ވާ އާދީއްތަ ދުވަހުގެ 11:30 ގައި މަސްޖިދުލް އުއްމުލްޤުރާ ގައެވެ. ބިޑް ހުށަހެޅޭނީ މައުލޫމާތު ސެޝަންގައި ބައިވެރިވާ ފަރާތްތަކަށެވެ.
- މި ބީލަމާއި ގުޅޭގޮތުން އެއްވެސް ސުވާލެއްވާނަމަ އީމެއިލް ކުރައްވާނީ 19 އޯގަސްޓް 2024 ވާ ހޯމަ ދުވަހުގެ 12:00 ގެ ކުރިން، ތިރީގައިވާ އީމެއިލް އެޑްރެހަށެވެ. މި މެއިލްއަށް ފޮނުވޭ ސުވާލުތަކުގެ ޖަވާބު 19 އޯގަސްޓް 2024 ވާ ހޯމަ ދުވަހުގެ 14:00 ގެ ކުރިން އެފަރާތްތަކުގެ މެއިލްއަށް ފޮނުވޭނެއެވެ.
- ބީލަން ހުށަހެޅުމާއި ބީލަން ހުޅުވުން އޮންނާނީ 22 އޯގަސްޓް 2024 ވާ ބުރާސްފަތި ދުވަހުގެ 11:30 ގައި ފުވައްމުލަކު ސިޓީ ކައުންސިލްގެ އިދާރާގެ އަތޮޅުގެ މީޓިންގ ރޫމް ގައެވެ.
އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.
ފުވައްމުލަކު ސިޓީ ކައުންސިލް،
ނަރުގިސްމަގު، މާދަޑު، ފުވައްމުލައް، 1804، ދިވެހިރާއްޖެ.
ފޯން: 6862812
އީމެއިލް: procurement@fuvahmulah.gov.mv
08 އޮގަސްޓް 2024