ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)247-CA/247/2024/84
ޕަބްލިޝްކުރި ތާރީޚް: 08 އޮގަސްޓް 2024
ޕަބްލިޝްކުރި ގަޑި: 14:11
ތިލަދުންމަތީ އުތުރުބުރީ ހޯރަފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކައުންސިލް އިދާރާއަށް ނަގުދު ފައިސާ ބަލައިގަތުން ހުއްޓާލުމާއި ބެހޭ

                                                   އިޢުލާން 

                   ހޯރަފުށީ ކައުންސިލް އިދާރާއިން ފޯރުކޮށްދޭ އެކިއެކި ޚިދުމަތްތަކާ ގުޅިގެން ދައްކަންޖެހޭ ފީ، ކުލި، ޖޫރިމަނާ ފައިސާ އަދި ސަރުކާރުގެ އެކި އެކި ވުޒާރާތަކަށް ފޮނުވުމަށްޓަކައި ކައުންސިލްގެ އިދާރާއަށް ބަލައިގަންނަ ފައިސާ ނަގުދުން ބަލައިގަތުން ހުއްޓާލާ އެފަދަ އެންމެހާ ފައިސާ ބޭންކް ޓްރާންސްފަރއިން ބަލައިގަތުމަށް، ހޯރަފުށީ ކައުންސިލްގެ 31/2024 ( 07 އޮގަސްޓް 2024) ވަނަ ޢާންމު ޖަލްސާއިން ވަނީ ފާސްކޮށްފައެވެ.

                  ވީމާ، މިއަދުން ފެށިގެން އެކިއެކި ކަންކަމުގައި ކައުންސިލް އިދާރާއަށް ދައްކަންޖެހޭ ފައިސާ ދައްކަވާނީ ކަމާގުޅޭ ބޭންކް އެކައުންޓަށް ޓްރަންސްފަރކޮށްގެން ކަމުގައި އަންގާ އިޢުލާނު ކުރަމެވެ.

                                              04 ޞަފަރު  1446

 

08 އޮގަސްޓް 2024