ބީލަން
ނަންބަރު: (IUL)304-CA/304/2024/162
ޕަބްލިޝްކުރި ތާރީޚް: 08 އޮގަސްޓް 2024
ޕަބްލިޝްކުރި ގަޑި: 14:59
ސުންގަޑި: 20 އޮގަސްޓް 2024 11:00
މާޅޮސްމަޑުލު އުތުރުބުރީ ދުވާފަރު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދުވާފަރު ދެ މިސްކިތުގެ މަރާމާތު މަސައްކަތް ކުރާނެ ފަރާތެއް ހޯދުމަށް

ދުވާފަރު ދެ މިސްކިތުގެ މަރާމާތު މަސައްކަތް ކުރާނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ. ޝައުޤުވެރިވާ ފަރާތްތަކުން މިކަމަށް އެދި އަންދާސީ ހިސާބު ހުށައެޅުމުގެ ފުރުޞަތު ޢާއްމުކޮށް ހުޅުވާލީމެވެ. މި ބިޑްގައި ރަޖިސްޓްރީ ކުރުމަށް 08 އޮގަސްޓް 2024 ވާ ބުރާސްފަތި ދުވަހުން ފެށިގެން 13 އޮގަސްޓް 2024 ވާ އަންގާރަ ދުވަހުގެ 11:00 ގެ ނިޔަލަށް މިއިދާރާގެ ބީލަންވެރިން ރަޖިސްޓަރ ކުރާ ޝީޓް ފުރުއްވުން އެދެމެވެ. ބީލަން ހުށަހެޅޭނީ މި މުއްދަތުގައި ރަޖިސްޓްރީ ކުރާ ފަރާތްތަކަށްށެވެ.

 

ތާރީޚް

ދުވަސް

ގަޑި

މަޢުލޫމާތު ސާފުކުރުން

13 އޮގަސްޓް 2024

އަންގާރަ

11:00

އަންދާސީ ހިސާބު ހުށައެޅުން

20 އޮގަސްޓް 2024

އަންގާރަ

11:00

 

މަޢުލޫމާތު ސާފުކުރުމަށް ކަނޑައަޅާފައިވާ ސުންގަޑީގެ ނިޔަލަށް ރަޖިސްޓްރީ ނުކުރާ ފަރާތްތަކާއި ގަޑިޖެހުމުގެ ފަހުން އަންދާސީ ހިސާބު ހުށަހަޅުއްވަން ހާޒިރުވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައި ނުގަނެވޭނެއެވެ. ރަޖިސްޓްރީ ކުރުމަށް މިއިދާރާއަށް ހާޒިރުވެ ކައުންޓަރަށް ފޯމް ހަވާލުކުރެއްވުން އެދެމެވެ. ނުވަތަ procurement@dhuvaafaru.gov.mv އަށް މެއިލްކުރެއްވުން އެދެމެވެ.

އިތުރު މަޢުލޫމާތު

އަގު

85%

ތަޖުރިބާ

5%

މުއްދަތު

10%

  

  މިކަމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން އަންދާސީ ހިސާބު ހުށަހެޅުމަށް ހަމަޖެހިފައިވާ ދުވަހުގެ އެގަޑީގައި އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުސަތު ހުޅުވާލީމެވެ. މަތީގައި ދެންނެވިފައިވާ ތާރީޚްތަކަށާއި ގަޑިތަކަށް ބަދަލެއް އަންނަނަމަ މިއިދާރާއިން އާންމުކޮށް އަންގާ އިޢުލާންކުރަމުން ގެންދާނެ ވާހަކަ ދެންނެވީމެވެ.

ވީމާ، މިކަން ޢާއްމުކޮށް އަންގާ އިޢުލާން ކުރީމެއެވެ.

08 އޮގަސްޓް 2024