ބީލަން
ނަންބަރު: (IUL)425-A2/1/2024/239
ޕަބްލިޝްކުރި ތާރީޚް: 08 އޮގަސްޓް 2024
ޕަބްލިޝްކުރި ގަޑި: 16:34
ސުންގަޑި: 20 އޮގަސްޓް 2024 11:00
މާލޭ ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މައްޗަންގޮޅީ އާސަހަރާގެ އިންފާރު ތަކާއި ސަހަރާ އެތެރޭގެ ބައެއް ފާރުތަކުގެ މަތިން ބައެއް ތަޅާލައި، އެއްވަރު ކުރުމުގެ މަސައްކަތާ ގުޅޭ، (2 ވަނަ އިޢުލާން)

މައްޗަންގޮޅީ އާސަހަރާގެ އިންފާރު ތަކާއި އެސަހަރާ އެތެރޭގެ ބައެއް ފާރުތައް ރެނދުލައި އަރިއަޅާލާފައިވާތީ އެފާރުތަކުގެ މަތިން ބައެއް ތަޅާލައި، މާލޭގެއެހެން ސަހަރާތަކުގެ ފާރުވެސް ހުންނަ އުސްމިނަށް މައްޗައްގޮޅީ ސަހަރާ ފާރު  އެއްވަރު ކުރަން ބޭނުންވެގެން ކޮށްފައިވާ ނަންބަރު: (IUL)425-A2/1/2024/232 އިޢުލާނުގައި މިމަސައްކަތާގުޅޭ މަޢުލޫމާތުގެ ތަފްޞީލް ހިމެނިފައި ނުވާތީ، އެއިޢުލާން ބާޠިލްކޮށް މިމަސައްކަތަށް އަލުން ބީލަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ.

        

ވީމާ، މި މަސައްކަތަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 2024 އޮގަސްޓް 20 ވާ އަންގާރަ ދުވަހުގެ 11:00 އަށް ހ.ހުޅުގަލި، 1 ވަނަ ފަންގިފިލާ/ކަރަންކާ މަގު، މާލެ ސިޓީ ކައުންސިލްގެ އިދާރާ/ އެޑްމިން ސެކްޝަން، މީޓިން ރޫމަށް ވަޑައިގެން އަންދާސީ ހިސާބު ހުށައެޅުއްވުމަށް ދެންނެވީމެވެ. އަންދާސީ ހިސާބު ހުށަހަޅަންވާނީ ބަންދު ކުރެވިފައިވާ ސިޓީ އުރައެއްގައި ހުށަހެޅި ފަރާތުގެ ނަމާއި، އިޢުލާން ނަންބަރު އެނގޭނެހެން ބަޔާން ކުރެއްވުމަށް ފަހުގައެވެ.

 

މި އިޢުލާނާ އެކު މައުލޫމާތު ކަރުދާސް އެޓޭޗް ކުރެވިފައިވާނެއެވެ. މި އިޢުލާނާ ގުޅޭގޮތުން އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންފުޅުވާނަމަ 2024 އޮގަސްޓް 18 ވާ އާދިއްތަ ދުވަހުގެ 12:00 ގެ ކުރިން bids@malecity.gov.mv އަށް މެއިލް ކޮށްދެއްވުން އެދެމެވެ.

08 އޮގަސްޓް 2024