ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)FAH-A-1/FAH/2024/30
ޕަބްލިޝްކުރި ތާރީޚް: 08 އޮގަސްޓް 2024
ޕަބްލިޝްކުރި ގަޑި: 17:41
ސުންގަޑި: 15 އޮގަސްޓް 2024 12:00
ފ.އަތޮޅު ހޮސްޕިޓަލް
ދިވެހިރާއްޖެ
ހޮސްޕިޓަލްގެ ބާއިމާރާތުގެ 02 ފަރާތުގެ ފުރާޅު ޓިނު ބަދަލުކުރުމުގެ މަސައްކަތް އަމިއްލަތަކެތީގައި ކޮށްދޭނެ ފަރާތެއް ހޯދުމަށް

ިޢުލާން

 

ހޮސްޕިޓަލްގެ ބާއިމާރާތުގެ 02 ފަރާތުގެ ފުރާޅު ޓިނު ބަދަލުކުރުން

 

މިހޮސްޕިޓަލްގެ ބާއިމާރާތުގެ 02 ފުރާޅުގެ ޓިނު ބަދަލު ކުރުމުގެ މަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދޭނެ ފަރާތެއް ހޯދަން ކުރެވުނު ނަމްބަރު (IUL)FAH-A-1/FAH/2024/24: (03 ޖުލައި 2024) އިއުލާނާއި ގުޅިގެން ހުށަހަޅާފައިވާ އަންދާސީ ހިސާބުތަކުގެ އަގުތަށް ބޮޑުކަމަށް ފެންނާތީ، އެ އިޢުލާން ބާޠިލުކޮށް މިކަމަށް ޝައުޤުވެރިވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު އަލުން ހުޅުވާލަމެވެ.

މި ބީލަމުގައި ބައިވެރިވުމަށް ބޭނުންވާ ފަރާތްތަކުން ބީލަމުގައި ރަޖިސްޓްރީވުމަށް އެދޭ ފޯމް ފުރިހަމަ ކުރުމަށްފަހު، 2024 އޮގަސްޓް 15 ވާ ބުރާސްފަތި ދުވަހުގެ 12:00 ގެ ކުރިން މި އިދާރާއަށް ހުށަހަޅަން ޖެހޭނެއެވެ. "ރަޖިސްޓްރޭޝަން ފޯމް" ގެޒެޓް ކުރެވިފައިވާނެއެވެ. މި ބީލަމުގައި ބައިވެރިވެވޭނީ ބީލަން ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށް އެކަންޏެވެ. (މެއިލް ކުރާނީ  faafu.hospital@gmail.com ށެވެ.)

 

  1. ބީލަން ބަލައިގަތުމާއި ހުޅުވުން އޮންނާނީ 2024 އޮގަސްޓް 22 ވާ ބުރާސްފަތި ދުވަހުގެ 13:00 ގައި މި އިދާރާގައެވެ. ބީލަން ހުށަހަޅަންވާނީ ބަންދުކޮށްފައިވާ ސިޓީއުރައެއްގައެވެ. ސިޓީ އުރައިގެ ބޭރުގައި " ހޮސްޕިޓަލްގެ ބާއިމާރާތުގެ 02 ފަރާތުގެ ފުރާޅު ޓިނު ބަދަލުކުރުމުގެ މަސައްކަތާއި ގުޅޭ" މިހެން ލިޔެފައި އޮންނަންވާނެއެވެ.
  2. ހުށަހަޅާ ބީލަންތައް ވަޒަންކުރާނޭ މިންގަނޑާއި ބީލާމާއިއެކު ހުށަހަޅަންޖެހޭ ތަކެތީގެ ތަފްޞީލާއި، ބީލަމަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުތުތަކުގެ އިތުރުން މިބީލަމާގުޅޭ މަޢުލޫމާތުތައް މި އިޢުލާނާއެކުގައިވާ މަޢުލޫމާތު ކަރުދާހުގައި ހިމަނާފައި ވާނެއެވެ. މަޢުލޫމާތު ކަރުދާސް ގެޒެޓް ލިންކުން ޑައުންލޯޑް ކުރެވޭނެއެވެ.
  3. މި ބީލަމާގުޅޭ އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް މިއިދާރާގެ/ 9776222  6740086 އަށް ގުޅުއްވުން އެދެމެވެ.

 

08 އޮގަސްޓް 2024