ބީލަން
ނަންބަރު: (IUL)425-A2/1/2024/242
ޕަބްލިޝްކުރި ތާރީޚް: 11 އޮގަސްޓް 2024
ޕަބްލިޝްކުރި ގަޑި: 23:38
ސުންގަޑި: 22 އޮގަސްޓް 2024 11:00
މާލޭ ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އާރބަން ޕްލޭނިންގ އެންޑް ޑިޒައިނިން ގެ ދާއިރާއިން ކޮންސަލްޓެންސީދޭނެ ފަރާތެއް ހޯދުމާގުޅޭ،

މާލެ ސިޓީގެ އިހްތިޞާސްގައި ހިމެނޭ، މާލެ އަދި ވިލިމާލޭގެ އާރބަން ޕްލޭނިންގ މަސައްކަތްތަށް ކުރުމަށާއި، ލޭންޑް ޔޫސް ޕްލޭނަށް ގެންނަންޖެހޭ  ބަދަލުތަށް ގެނައުމާއި މިކައުންސިލުން ހިންގުމަށް ބޭނުންވާ މަޝްރޫއުތަކަށާއި ދުވަހުން ދުވަހަށް ކުރަންޖެހޭ މަސައްކަތްތަކަށް ބޭނުންވާ  އާރކިޓެކްޗަރަލް، ސްޓްރަކްޗަރަލް އަދި އިންޖިނިއަރިންގ މަސައްކަތްތައް ކުރުމަށް، މި ދާއިރާތަކުން ކޮންސަލްޓެންސީދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ.

 

މިމަސައްކަތަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުގެ ކިބައިގައި ހުންނަންޖެހޭ ތަޢުލީމާއި ތަޖުރިބާގެ ފެންވަރު އަދި ހޮވޭ ފަރާތެއްގެ މަސްޢޫލިއްޔަތުތަކާއި ޒިންމާތައް މަޢުލޫމާތު ކަރުދާހުގައި ބަޔާންކުރެވިފައިވާނެއެވެ.

 

ވީމާ، މިމަސައްކަތަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 2024 އޮގަސްޓް 22 ވާ ބުރާސްފަތި ދުވަހުގެ 11:00 އަށް ހ.ހުޅުގަލި، 1 ވަނަ ފަންގިފިލާ/ކަރަންކާ މަގު، މާލެ ސިޓީ ކައުންސިލްގެ އިދާރާ/ އެޑްމިން ސެކްޝަން، މީޓިން ރޫމަށް ވަޑައިގެން އަންދާސީ ހިސާބު ހުށައެޅުއްވުމަށް ދެންނެވީމެވެ. އަންދާސީ ހިސާބު ހުށަހަޅަންވާނީ ބަންދު ކުރެވިފައިވާ ސިޓީ އުރައެއްގައި ހުށަހެޅި ފަރާތުގެ ނަމާއި، އިޢުލާން ނަންބަރު އެނގޭނެހެން ބަޔާން ކުރެއްވުމަށް ފަހުގައެވެ.

މި އިޢުލާނާ އެކު މަޢުލޫމާތު ކަރުދާސް އެޓޭޗް ކުރެވިފައިވާނެއެވެ. މި އިޢުލާނާ ގުޅޭގޮތުން އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންފުޅު ވާނަމަ 2024 އޮގަސްޓް 20 ވާ އަންގާރަ ދުވަހުގެ މެންދުރު 12:00 ގެ ކުރިން bids@malecity.gov.mv އަށް މެއިލް ކޮށްދެއްވުން އެދެމެވެ.

11 އޮގަސްޓް 2024