ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)422-B1/422/2024/51
ޕަބްލިޝްކުރި ތާރީޚް: 12 އޮގަސްޓް 2024
ޕަބްލިޝްކުރި ގަޑި: 13:17
ސުންގަޑި: 15 އޮގަސްޓް 2024 10:00
ހުވަދުއަތޮޅު ދެކުނުބުރީ ފިޔޯރީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ބަނދަރު ފެންހަޓް މަރާމާތުކޮށް ކުއްޔަށް ހިފާނެ ފަރާތެއް ހޯދުން.

ބަނދަރު ފެންހަޓް މަރާމާތުކޮށް ކުއްޔަށް ހިފާނެ ފަރާތެއް ހޯދުން.

މި އިދާރާއިންދޭ މައުލޫމާތާއި އެއްގޮތަށް ބަނދަރު ފެންހަޓް މަރާމާތުކޮށް 1 (އެކެއް) އަހަރު މުއްދަތަށް ކުއްޔަށް ހިފާނެ ފަރާތެއް ހޯދުމަށް ކުރެވުނު ނަންބަރ (IUL422/422/2024/50)  އިއުލާނަށް އެކަށީގެންވާ ތަރުހީބެއް ލިބިފައިނުވާތީ އެ އިއުލާން ބާޠިލްކޮށް އަލުން އިއުލާން ކުރަމެވެ. މި މަސައްކަތަށް ޝައުގުވެރިވާ ފަރާތްތަކުން 2024 އޮގަސްޓް 15 ވާ ބުރާސްފަތި ދުވަހުގެ 10:00 ގައި ބަނދަރު ފެންހަޓު ކައިރީގައި ބާއްވާ މައުލޫމާތު ބައްދަލުވުމުގައި ބަވެރިވެ ބީލަން ހުށަހެޅުމަށް ރަޖިސްޓަރ ވުމުގެ ދައުވަތު އަރުވަމެވެ. މި އިއުލާނާއި ގުޅޭ މައުލޫމާތު ކަރުދާސް، މައުލޫމާތު ބައްދަލުވުމުގައި ރަޖިސްޓަރވާ ފަރާތްތަކަށް އީމެއިލް ކުރެވޭނެއެވެ.

ބީލަން ހުޅުވުމަށް ހަމަޖެހިފައިވަނީ 2024 އޮގަސްޓް 26 ވާ ހޯމަ ދުވަހުގެ 13:00 ގައި މި އިދާރާގެ ޖަލްސާކުރާ މާލަމުގައި މަސައްކަތަށް އަންދާސީ ހިސާބު ހުށަހަޅުއްވާ ފަރާތްތަކުގެ ހާޟިރުގައެވެ. ބީލަންހުންނަންވާނީ ސިޓީއުރައެއްގައި ބަންދުކުރެވިފައެވެ.

މައުލޫމާތު ބައްދަލުވުމުގައި ބައިވެރިނުވާފަރާތްތަކާއި ގަޑިޖެހިގެން އަންދާސީ ހިސާބު ހުށަހަޅާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ.

 

 

އިތުރުމަޢުލޫމާތު

ގދ. ފިޔޯރީ ކައުންސިލުގެ އިދާރާ

ފޯން:  4002625

އީމެއިލް: projects@fiyori.gov.mv

12 އޮގަސްޓް 2024