ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)408-ESMS/408/2024/42
ޕަބްލިޝްކުރި ތާރީޚް: 12 އޮގަސްޓް 2024
ޕަބްލިޝްކުރި ގަޑި: 08:52
ސުންގަޑި: 28 އޮގަސްޓް 2024 12:00
ހުވަދުއަތޮޅު އުތުރުބުރީ މާމެންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ޕާޕާތްރީ ކަޕް 2024

              ކައުންސިލުން މި އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ "ޕާޕާތްރީ ކަޕް 2024" ފުޓްބޯޅަ މުބާރާތް 2024 ސެޕްޓެންބަރު 13 ވާ ހުކުރު ދުވަހު ހަވީރު ފަށާގޮތަށްވަނީ ހަމަޖެހިފައެވެ.

              މި މުބާރާތުގައި ބައިވެރިވުމަށް އެދޭ ފޯމާއި މުބާރާތުގެ ގަވާޢިދު 2024 އޮގަސްޓު 13 ވާ އަންގާރަ ދުވަހުންފެށިގެން ރަސްމީ ބަންދު ނޫން ކޮންމެ ދުވަހެއްގެ 8:30 އިން 12:00އަށް މިއިދާރާގެ ކައުންޓަރުން ލިބެން ހުންނާނެއެވެ.

              ވީމާ، މި މުބާރާތުގައި ބައިވެރިވުމަށް އެދޭ ޓީމުތަކުން 2024 އޮގަސްޓު 28 ވާ ބުދަ ދުވަހުގެ 12:00 ގެ ކުރިން މިއިދާރާއަށް ފޯމު ހުށަހެޅުން އެދެމެވެ. މަޢުލޫމާތު ފުރިހަމަނުވާ ފޯމުތަކާއި ފޯމުގައި ބަޔާންކޮށްފައިވާ ތަކެތި ހަމަނުކޮށް ހުށަހަޅާ ފޯމްތައް ބަލައި ނުގަނެވޭނެ ވާހަކަވެސް ދަންނަވަމެވެ.

              އިތުރު މަޢުލޫމާތު ބޭނުންފުޅުވާނަމަ 6820007 ނަންބަރަށް ގުޅުއްވުން އެދެމެވެ.

              މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

12 އޮގަސްޓް 2024