މަސައްކަތް
ނަންބަރު: Reference number: (UVH)IUL/2024/02
ޕަބްލިޝްކުރި ތާރީޚް: 13 އޮގަސްޓް 2024
ޕަބްލިޝްކުރި ގަޑި: 11:59
ސުންގަޑި: 18 އޮގަސްޓް 2024 13:00
ޔުނިވިޔަ ހޯލްޑިންގސް، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ
ދިވެހިރާއްޖެ
މިކުންފުނީގެ އެކިކަހަލަ މަސައްކަތްތަކަށް ބޭނުންވާ ލޭބަރުން 1 އަހަރުގެ މުއްދަތަށް ފޯރުކޮށްދޭނެ ފަރާތެއް ހޯދުން

މިކުންފުނީގެ އެކިކަހަލަ މަސައްކަތްތަކަށް ބޭނުންވާ ލޭބަރުން 1 އަހަރުގެ މުއްދަތަށް ފޯރުކޮށްދޭނެކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ.

ވީމާ، މި މަސައްކަތް ކޮށްދިނުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން 18 އޮގަސްޓް 2024 ވާ އާދިއްތަ ދުވަހުގެ މެންދުރު 13:00 ގެ ކުރިން ތިރީގައި އެވާ ގޫގުލް ލިންކު މެދުވެރިކޮށް އެފަރާތެއްގެ ޝައުޤުވެރިކަން ރެޖިސްޓަރ ކުރެއްވުން އެދެމެވެ.

ގޫގުލް ލިންކް: https://forms.gle/1A43B4RxKfTXd8T28

ޝައުޤުވެރިކަން ރަޖިސްޓަރ ކުރައްވާ ފަރާތްތަކަށް މި ޕްރޮޖެކްޓާ ގުޅޭ ތަފްސީލް މަޢުލޫމާތު ފޯރުކޮށްދިނުމަށް ބާއްވާ އިންފޮމޭޝަން ސެޝަން އޮންނާނީ 21 އޮގަސްޓް 2024 ވާ ބުދަ ދުވަހުއެވެ. މިދެންނެވި އިންފޮމޭޝަން ސެޝަން ބާއްވާނެ ތަނާއި ގަޑީގެ މަޢުލޫމާތު ރެޖިސްޓްރީ ކުރައްވާ ފަރާތްތަކަށް ފަހުން ފޮނުވާނެ ވާހަކަ ދަންނަވަމެވެ. އިންފޮމޭޝަން ސެޝަނަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބާއި ހަމަޖެހިފައިވާ ގަޑީގެ ފަހުން ހުށަހެޅޭ އަންދާސީހިސާބުތައް ބަލައިނުގަނެވޭނެ ވާހަކަ މަޢުލޫމާތަށްޓަކައި ދަންނަވާލީމެވެ.

އިތުރު މައުލޫމާތު ހޯއްދެވުމަށް މިކުންފުނީގެ އީމެއިލް (univiya.holdings@univiya.com.mv) އަށް ސާފުކުރައްވަން ބޭނުންފުޅުވާ ކަމެއް ލިއުމުން ފޮނުއްވައި ދެއްވުން އެދެމެވެ.

13 އޮގަސްޓް 2024