ބީލަން
ނަންބަރު: (IUL)274/INDIV/2024/111
ޕަބްލިޝްކުރި ތާރީޚް: 13 އޮގަސްޓް 2024
ޕަބްލިޝްކުރި ގަޑި: 12:39
ސުންގަޑި: 22 އޮގަސްޓް 2024 11:00
މިލަދުންމަޑުލު އުތުރުބުރީ ފޭދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ށ.ފޭދޫ މަގުބައްތި މަރާމާތަށް ބޭނުންވާ ތަކެތި ސަޕްލައިކޮށްދިނުމުގެ މަސައްކަތްކޮށްދޭނެ ފަރާތެއް ހޯދުން

ބީލަން ހުށަހެޅުމުގެ ދަޢުވަތު

ށ.ފޭދޫ މަގުބައްތި މަރާމާތަށް ބޭނުންވާ ތަކެތި ސަޕްލައިކޮށްދިނުމުގެ މަސައްކަތްކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ. 

މި މަސައްކަތަށް ދައުވަތު ހުޅުވާލެވެނީ ދިވެހިރާއްޖެ ވިޔަފާރީ ރަޖިސްޓްރީ ކުރުމުގެ ޤާނޫން (18/2024) ގެ ދަށުން ރަޖިސްޓްރީވެފައިވާ ކުންފުނިތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރީ ރަޖިސްޓްރީ ކުރުމުގެ ޤާނޫން (19/2014) ގެ ދަށުން ރަޖިސްޓަރީވެފައިވާ ފަރާތްތަކަށްށާއި، ޖަމްޢިއްޔާތަކާބެހޭ ޤާނޫން (2003/1) ގެ ދަށުން ރަޖިސްޓްރީ ކޮށްފައިވާ ޖަމާޢަތްތަކަށެވެ.

މި މަސައްކަތަށް ޝައުގުވެރިވާ ފަރާތްތަކުން  13 އޮގަސްޓު ދުވަހުގެ 13:00 އިން ފެށިގެން 18 އޮގަސްޓު 2024 ވާ އާދިއްތަ ދުވަހުގެ 14:00 އާއި ހަމަޔަށް މިއިދާރާގެ ކައުންޓަރަށް ނުވަތަ މިއިދާރާގެ  (esms@feydhoo.gov.mv) މެއިލަށް ބީލަން ހުށަހަޅާ ފޯމް މެއިލްކޮށްގެން ބިޑް ހުށަހެޅުމަށް ރަޖިސްޓްރީކުރެއްވުން އެދެމެވެ. މި މުއްދަތުގެ ތެރޭގައި ބީލަމުގައި ބައިވެރިވުމަށް ރަޖިސްޓްރީކުރާ ފަރާތްތަކަށް މަސައްކަތާއި ގުޅޭ މައުލޫމާތު ޝީޓް އަދި ބިޑް ފޯމް ސޮފްޓްކޮޕީ ފޯރމެޓްގައި މެއިލްކުރެވޭނެއެވެ.

މިބީލަމާއި ގުޅިގެން ބާއްވާ މަޢުލޫމާތު ދިނުމުގެ ބައްދަލުވުން 19 އޮގަސްޓު 2024 ވާ ހޯމަ ދުވަހުގެ 11:00 ގައި މިކައުންސިލްގެ މީޓިންރޫމުގައި އޮންނާނެއެވެ.

ބީލަންތައް ބަލައިގަތުމާއި، އަދި ބީލަންހުޅުވުން 22 އޮގަސްޓު 2024 ވާ އާދިއްތަ ދުވަހުގެ 11:00 ގައި މިލަދުންމަޑުލުއުތުރުބުރީ ފޭދޫ ކައުންސިލް އިދާރާގައެވެ. ގަޑިޖެހުމަށްފަހު ހުށަހަޅާ ބިޑުތައް ބަލައިނުގަނެ އަނބުރާ ރައްދުކުރެވޭނެއެވެ. ބީލަންތައް ހުންނަންވާނީ ސިޓީއުރައެއްގައި ބަންދުކުރެވިފައެވެ. ސިޓީއުރައިގެ ބޭރުގައި ބީލަމަށް ދެވިފައިވާ ނަން، ތާރީޚާއި ވަޤުތު އަދި ބީލަން ހުށަހަޅާ ފަރާތުގެ ނަން ލިޔެވިފައި އޮންނަންވާނެއެވެ.

މަސައްކަތް ޙަވާލުކުރެވޭ އުސޫލާއި، އަދި ހުށަހެޅޭ ބިޑްތައް އިވެލުއޭޓްކޮށް މާރކްސް ދެވޭނެގޮތުގެ ތަފްޞީލް ބީލަން ފޮތުގައި ހިމެނިފައިވާނެއެވެ. އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

    އީމެއިލް: esms@feydhoo.gov.mv

13 އޮގަސްޓް 2024