ކުއްޔަށް ދިނުން
ނަންބަރު: (IUL)308/2024/40
ޕަބްލިޝްކުރި ތާރީޚް: 13 އޮގަސްޓް 2024
ޕަބްލިޝްކުރި ގަޑި: 14:10
ސުންގަޑި: 22 އޮގަސްޓް 2024 13:00
މާޅޮސްމަޑުލު އުތުރުބުރީ މަޑުއްވަރީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ބިން ކުއްޔަށް ދޫކުރުން

ޕްރޮޖެކްޓް ނަންބަރު PC/308/2024/11

މިދަންނަވާ ބިންތައް 10 އަހަރު ދުވަހުގެ މުއްދަތަށް ކުއްޔަށް ދޫކުރަން ބޭނުންވެއެވެ.

ނަމްބަރު އެން 1 ބިން

  • ބިމުގެ ބްލޮކް ނަމްބަރު: N-1
  • ބިން ކުއްޔަށް ދޫކުރާ ބޭނުން: ތަކެތި ގުދަންކުރުމާއި އިމްޕޯޓް މުދާ ވިއްކުން

ނަމްބަރު އެން 5 ބިން

  • ބިމުގެ ބްލޮކް ނަމްބަރު: N-5
  • ބިން ކުއްޔަށް ދޫކުރާ ބޭނުން: ސައި ހޮޓާ / ކެފޭ / ރެސްޓޯރަންޓް ހިންގުން

މުޙިއްމު މަޢުލޫމާތު

  • މިބިންތައް އޮންނާނީ އުތުރު ބަނދަރުގެ ހުޅަނގު ހުރަސްޖެޓީގައެވެ.
  • ބިމުގެ ބޮޑުމިނަކީ 1200.00 (ބާރަސަތޭކަ) އަކަފޫޓެވެ.
  • މިބިންތައް ކުއްޔަށް ހިފުމަށް ހުށަހެޅޭނީ ރާއްޖޭގައި ރަޖިސްޓްރީކޮށްފައިވާ ވިޔަފާރިތަކަށެވެ.
  • ބިމުކުލީގެ ގޮތުގައި ހުށަހެޅޭ އެންމެ ދަށް އަގު: އަކަފޫޓަކަށް 50/1ރ (އެއް ރުފިޔާ ފަންސާސް ލާރި)
  • ބިން، ކުއްޔަށް ނަގަން ހުށަހަޅާ އަގުގެ 1 (އެކެއް) މަސްދުވަހުގެ ކުލީގެ ފައިސާ އެޑްވާންސް ފައިސާގެ ގޮތުގައި ނެގޭނެއެވެ. (މިފައިސާއަކީ އެއްބަސްވުމުގައިވާ ގޮތުގެމަތިން ބިން ދޫކޮށްލުމުން އަނބުރާ ލިބޭނެ ފައިސާއެކެވެ.)
  • ބިޑް ކާމިޔާބުކޮށް އެއްބަސްވުމުގައި ސޮއިކުރާ ތާރީޚުން ފެށިގެން 6 (ހައެއް) މަސްދުވަހުގެ ތެރޭގައި ބިމުގައި ކުރަން ގަސްތުކުރާ ވިޔަފާރި ފަށަންވާނެއެވެ.
  • މިބިންތައް ކުއްޔަށް ހިފުމަށް ހުށަހެޅޭނީ ކައުންސިލަށް ދައްކަންޖެހޭ އެއްވެސް ފައިސާއެއް އޮތްނަމަ އެފައިސާއެއް ދެއްކުމަށްފަހުއެވެ.
  • ބިމުގައި ޢިމާރާތްތަކާއި ވިޔަފާރިއަށް ބޭނުންވާ ވަސީލަތްތައް ޤާއިމްކުރުމުގެ އިޙްތިޔާރު ލިބިގެންވެއެވެ.
  • އެއްބަސްވުމުގައި ސޮއިކުރުމަށްފަހު، ކޮންމެ އަހަރެއްގެ އިޖުތިމާޢީ ޒިންމާގެތެރެއިން އެކިކަންކަމަށް ކުރި ޚަރަދުގެ ތަފްޞީލު ފެށޭ އަހަރުގެ ޖަނަވަރީ 30 ވަނަ ދުވަހުގެ ކުރިން ހުށަހަޅަންވާނެއެވެ.
  • ބިން އޮތް ސަރަޙައްދުގެ ޗާޓު މިއިޢުލާނުގެ ޖަދުވަލު 1 ގައި ހިމެނިފައިވާނެއެވެ.

ރަޖިސްޓްރީކުރުން

2024 އޮގަސްޓް 21 ވާ ބުދަ ދުވަހުގެ 13:00ގެ ކުރިން ބިޑް ރަޖިސްޓްރީކުރަންވާނެއެވެ. ބިޑް ރަޖިސްޓްރީ ފޯމުގެ ލިންކް ތިރީގައި އެވަނީއެވެ.

ބިން ކުއްޔަށް ދޫކުރުމުގެ ބިޑުގައި ރަޖިސްޓްރީވުމަށް އެދޭ ފޯމް (google.com)

ބިޑް ރަޖިސްޓްރީ ނުކުރައްވާ ފަރާތްތަކުގެ ބިޑް ބަލައިނުގަންނާނެ ވާހަކަ ދަންނަވަމެވެ.

މަޢުލޫމާތު ސާފުކުރުން

މި މަސައްކަތާއި ގުޅޭގޮތުން މަޢުލޫމާތު ސާފުކުރުމަށް އީ-މެއިލް ކުރައްވާނީ 2024 އޮގަސްޓް 21 ވާ ބުދަ ދުވަހުގެ 13:00 ގެ ކުރިން ތިރީގައި ދަންނަވާފައިވާ އެޑްރެހަށެވެ. އީމެއިލްކުރައްވާއިރު ސަބްޖެކްޓްގައި އިޢުލާނު ނަންބަރާއި ބީލަމުގެ ނަން ލިޔަންވާނެއެވެ.

އީމެއިލް އެޑްރެސް:  info@raamaduvvari.gov.mv

ކޮޕީ:  ismail.azhar@raamaduvvari.gov.mv

އަންދާސީ ހިސާބު ހުށަހެޅުމުގެ ސުންގަނޑި އާއި ހުށަހަޅާނެގޮތް

  • ·         2024 އޮގަސްޓް 22 ވާ ބުރާސްފަތި ދުވަހުގެ 13:00 އަށް.
  • އަންދާސީ ހިސާބު ހުށަހަޅާނީ މިއިދާރާއަށް ވަޑައިގެންނެވެ.
  • އަންދާސީ  ހިސާބު ހުޅުވުން އޮންނާނީ އަންދާސީ ހިސާބު ހުށަހަޅާ ދުވަހު އަންދާސީ ހިސާބު ހުށަހަޅާ ގަޑީގައެވެ.

އަގު ހުށަހަޅަންވީ ގޮތް:

- އަގު ހުށަހަޅަންވާނީ ދިވެހި ރުފިޔާއިންނެވެ.

- އަންދާސީ ހިސާބު ހުށަހަޅަންވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައިއެވެ.

- ސިޓީއުރައިގައި ބަންދުކުރެވިފައިވާ ލިޔެކިޔުން ފިޔަވާ އެހެން ލިޔުމެއް ފަހުން ބަލައެއް ނުގަނެވޭނެއެވެ. އަދި ބަންދުކުރެވިފައިވާ ސިޓީއުރައިގެ ބޭރުގައި އިޢުލާން ނަންބަރު އަދި ތިރީގައިވާގޮތަށް އެޑްރެސްކުރެވިފައި އޮންނަންވާނެއެވެ.

" ބިން ކުއްޔަށް ދޫކުރުން "

މާޅޮސްމަޑުލު އުތުރުބުރީ މަޑުއްވަރީ ކައުންސިލްގެ އިދާރާ

ހުށަހަޅަން ޖެހޭ ލިޔެކިޔުންތައް:

- ވިޔަފާރީގެ މުއްދަތު ހަމަނުވާ ރަޖިސްޓްރީގެ ކޮޕީ.

- އަންދާސީ ހިސާބު ހުށަހަޅާ ފޯމް

- ޓެކްސް ކުލިއަރެންސް ރިޕޯޓް

ޕޮއިންޓް ދޭގޮތުގެ ތަފްސީލު:

  1. ޕޮއިންޓް ދިނުމުގައި ބަލާ މިންގަނޑު ތަކަކަކީ :

- އަގު: އަށްޑިހަ އިންސައްތަ

- މާލީ ޤާބިލުކަން: ދިހަ އިންސައްތަ

- އިޖުތިމާޢީ ޒިންމާގެތެރެއިން އަހަރަކު ޚަރަދުކުރާ މިންވަރު: ދިހަ އިންސައްތަ

  1. ބިޑް އިވެލުއޭޓްކުރުމުގައި އަގުގެ ބެންޗްމާކުގެ ގޮތުގައި ބަލާނީ ހުށަހަޅާފައިވާ އެންމެ ބޮޑު އަގެވެ.
  2. ބިޑް އިވެލުއޭޓްކުރުމުގައި މުއްދަތުގެ ބެންޗްމާކުގެ ގޮތުގައި ބަލާނީ ހުށަހަޅާފައިވާ ބޭންކް ސްޓޭޓްމަންޓްގެ އެންމެ ބޮޑު ޓާންއޯވަރއެވެ.
  3. މާލީ ޤާބިލުކަން ސާބިތުކޮށްދިނުމަށް ހުށަހަޅާނީ ވިޔަފާރީގައި ބޭނުންކުރާ އެކައުންޓްގެ 6 (ހައެއް) މަސްދުވަހުގެ ބޭންކް ސްޓޭޓްމަންޓެވެ.
  4. ބިޑް އިވެލުވޭޓް ކުރުމުގައި ބެންޗްމާކުގެ ގޮތުގައި ބަލާނީ ހުށަހަޅާފައިވާ އިޖުތިމާޢީ ޒިންމާއަށް އަހަރަކު ޚަރަދުކުރާ އެންމެ ބޮޑު ޢަދަދެވެ.
  5. ބިޑް އިވެލުއޭޓް ކުރާނީ މިއިދާރާގެ ބިޑް އިވެލުއޭޝަން ކޮމިޓީންނެވެ.
  6. ބިޑް އިވެލުއޭޝަން ކޮމިޓީން އިވެލުއޭޓްކުރުމަށް ފަހު، ބިޑުތައް ކާމިޔާބު ކުރެވުނު ފަރާތަށާއި ނުކުރެވުނު ފަރާތްތަކަށް އެންގޭނެއެވެ.
  7. ބިޑް އިވެލުއޭޝަނާއި ގުޅިގެން އެއްވެސް ޝަކުވާއެއް އޮތްނަމަ "ބީލަންވެރިޔާ މައްސަލަ ހުށަހަޅާ ފޯމް" ހުށަހެޅުމުން އެފަރާތަކަށް ޖަވާބުދެވޭނެއެވެ.

މިހެންވެ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާނުކުރީމެވެ.

13 އޮގަސްޓް 2024