މަސައްކަތް
ނަންބަރު: (IUL)301-PJ/301/2024/44
ޕަބްލިޝްކުރި ތާރީޚް: 13 އޮގަސްޓް 2024
ޕަބްލިޝްކުރި ގަޑި: 14:12
ސުންގަޑި: 22 އޮގަސްޓް 2024 13:00
މާޅޮސްމަޑުލު އުތުރުބުރީ އަނގޮޅިތީމު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ޖަޕާން ސަރުކާރުގެ ހިލޭ އެހީގެ ދަށުން މިކައުންސިލަށް ދީފައިވާ ޕިކަޕް ވައްދާނެ ގަރާޖެއް ހެދުމާއި ގުޅޭ!

 ރ.އަނގޮޅިތީމު ކައުންސިލުގެ މާނާބާރުނަ މާލަމްއާއި ބަނދަރު ފެންތާނގިތަކާއި ދޭތެރޭ އޮތް ހުސްތަންކޮޅުގައި މި އިޢުލާނާއެކު އެއްހީރާސްކުރެވިފައިވާ ކުރެހުމާއި އެއްގޮތަށް ގަރާޖެއް އަޅާދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ. މިކަމަށް ޝައުޤުވެރިވާ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަމްބަރު 2014/18) ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކާއި، އަމިއްލަ ފަރުދުންގެ ޤާނޫނު (ޤާނޫނު ނަމްބަރު 2014/19) ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކުން ތިރީގައި އެވާ މަޢުލޫމާތާއި އެއްގޮތަށް 2024 އޮގަސްޓު 22 ވާ ބުރާސްފަތި ދުވަހުގެ 13:00 ށް މި އިދާރާއަށް ކޯޓޭޝަން ހުށައެޅުމަށް އެދެމެވެ.

ކައުންސިލުން ދޭނެ ތަކެތި:

  1. "4 ޕީވީސީ ހޮޅި
  2. ހިލަ އަދި ހިލަވެލި

އިތުރު މަޢުލޫމާތު:

  1. ގަރާޖުގެ ބޮޑު މިނަކީ '10*'21 އެވެ. އަދި އުސްމިނަކީ '11 އެވެ.
  2. ފައިދޮށް އަޅަންވާނީ "6'2 ދުރުމިނުގައެވެ. ފައިދޮށުގެ ސައިޒަކީ "4*"2 އެވެ.
  3. މާނާބާރުނަ ގުދަނުގެ ފާރު ކެނޑުމަށްފަހު ފައިދޮށް ފާރުގެ ތެރެއަށް ވައްދަންވާނެއެވެ. އަދި ފައިދޮށް ވެއްދުމަށްފަހު ސިމެންތިން ރީތިކޮށް ފާރުބައްދާ އޮމާންކުރަންވާނެއެވެ.
  4. ފަތި އަޅަންވާނީ '2 ދުރުމިނުގައެވެ. ފަތީގެ ބޯމިނަކީ "2*"2 އެވެ.
  5. ބެރި އަޅަން ވާނީ "4*"2 ބޯމިނުގައި ލަކުޑި ބެރިންނެވެ.
  6. "4 ޕީވީސީ ހޮޅި ކައުންސިލުން ދިނުމުން ހޮޅިތެރެއަށް 6 އެމްއެމް ގެ އެނބުރި ދަގަނޑު ލެއްވުމަށްފަހު ކޮންކްރީޓް އަޅަންވާނެއެވެ. އަދި ކޮންކްރީޓް އަޅާއިރު 10 އެމްއެމް ސްޓެޑް (އެސްއެސް ސްޓަޑް) ޕިވީސީ ހޮޅިތެރެއަށް އެއްފޫޓަށްވާގޮތަށް ވެއްދުމަށްފަހު މަތީ ބެރިތެރެއަށް ސްޓަޑް ވައްދާ މަތިން ބޯލްޓްކުރަންވާނެއެވެ. އަދި "18*'1*'1 ކޮންކްރީޓް ބުޑެއް އަޅައި ހޮޅިހަރުކުރަންވާނެއެވެ.
  7. "3 އިންޗި ބޯމިނުގައި 6 އެމްއެމް ގެ އެނބުރި ދަގަނޑު "6*"6 ން ނެޓް ހެދުމަށްފަހު، '21*'10 ކޮންކުރީޓް ތަޅުމެއް ޕިކަޕް ވަންނަން ފަސޭހަވާނެގޮތަކަށް ސްލޮޕްކޮށް އަޅަންވާނެއެވެ.
  8. ފުރާޅުގެ ޓިނަށް ބޭނުންކުރަންވާނީ ފެހިކުލާގެ ލައިސާޓު މޮޅު ޓިނެވެ. ޓިނުގެ ބޯމިނަކީ 0.47 އެމްއެމް އެވެ.
  9. ކައުންސިލުން "4 ޕީވީސީ ހޮޅިދިނުމުން ދިޔަދޮވި ހަދައި ހަރުކުރަންވާނެއެވެ.
  10. ފުރާޅުގައި ފެންނުވަންނަގޮތަށް ލައިސާޓް ތިނބިހަރުކުރަންވާނެއެވެ.

                      މިކަމާގުޅޭގޮތުން އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންވެލައްވާނަމަ މިއިދާރާގެ ނަންބަރު 6580071 ފޯނާ ގުޅުއްވުން ނުވަތަ ރަސްމީގަޑީގައި މި އިދާރާއަށް ދުރުވެ މަޢުލޫމާތު ސާފްކުރުން އެދެމެވެ.

  • ކޯޓޭޝަން (ކުންފުނި ލެޓަރ ހެޑްގައި): އަގު އަދި މުއްދަތު ވަކިން އިންގޭ ގޮތަށް.

ވީމާ، މިކަން  އާއްމުކޮށް އެންގުމަށްޓަކައި  އިޢުލާން ކުރީމެވެ.

13 އޮގަސްޓް 2024