ދިވެހިރާއްޖެ
މިއިދާރާއިން ދޭ މައުލޫމާތާ އެއްގޮތަށް އަމިއްލަ ތަކެތީގައި ގެވަޅުދޫކުރާ ސަރަހައްދުގެ މަގުތަކުގައި ހުރި ރުއްގަސްތައް ނަގައި މަގުތައް ސާފުކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ. މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން 25 އޮގަސްޓް 2024 ވާ އާދީއްތަ ދުވަހުގެ 13:00ގެ ކުރިން ބަންދު ކުރެވިފައިވާ ސިޓީ އުރައެއްގައި ކައުންސިލްގެ އިދާރާއަށް ނުވަތަ ކައުންސިލް އިދާރާގެ މެއިލް info@neykurendhoo.gov.mv އަށް މެއިލްއަށް އަންދާސީ ހިސާބު ހުށައެޅުއްވުން އެދެމެވެ.
މި ބީލަން ހުޅުވާލެވިފައިވަނީ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު:2014/18 ) އަދި (ޤާނޫނު ނަންބަރު: 2014/19) ގެ ދަށުން ރަޖިސްޓްރީކޮށްފައިވާ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށެވެ.
އިތުރު މައުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.
ތިލަދުންމަތީ ދެކުނުބުރީ ނޭކުރެންދޫ ކައުންސިލްގެ އިދާރާ
ގުލްސަންޕާގޯޅި، ހދ.ނޭކުރެންދޫ ، ދިވެހިރާއްޖެ
ފޯން: 6520042
އީމެއިލް: neykurendhoo.office@gmail.com
ވީމާ، މިކަން އާއްމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ.