މުބާރާތް
ނަންބަރު: (IUL)369-AS/369/2024/36
ޕަބްލިޝްކުރި ތާރީޚް: 15 އޮގަސްޓް 2024
ޕަބްލިޝްކުރި ގަޑި: 12:57
ސުންގަޑި: 05 ސެޕްޓެންބަރު 2024 23:59
މުލަކަތޮޅު މަޑުއްވަރީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މުލަކަތޮޅު މަޑުއްވަރީ ކައުންސިލްގެ ފުރަތަމަ ފުޓްސަލް މުބާރާތުގައި ބައިވެރިވުމަށް ހުޅުވާލުން

މުލަކަތޮޅު މަޑުއްވަރީ ކައުންސިލްގެ 1 ވަނަ ފުޓްސަލް މުބާރާތް ( އަންހެން އަދި ފިރިހެން ޑިވިޜަން ހިމެނޭގޮތަށް ) 31 އޮކްޓޯބަރު 2024 ވަނަ ދުވަހު ފެށުމަށްވަނީ ހަމަޖެހިފައެވެ. މި މުބާރާތަކީ ، މ.މަޑުއްވަރީ ޒުވާނުންގެ މެދުގައި ކުޅިވަރުގެ ރޫޙް އާލާކޮށް ، ޒުވާނުންނަށް ކުޅިވަރުގެ ފުރުޞަތު ފަހިކޮށްދީ ، ކުޅިވަރުގެ ދާއިރާއިން ޒުވާނުން ކުރިއަރައިދިޔުމަށް ހިއްވަރުދީ ބާރުއެޅުމުގެ މަޤްޞަދުގައި ބޭއްވުމަށް ހަމަޖެހިފައިވާ މުބާރާތެކެވެ. މި މުބާރާތުގެ ފިރިހެން ޑިވިޜަންގައި ބައިވެރިވުމުގެ ފުރުޞަތު މ.އަތޮޅުގެ ރަށްތަކުގެ ކައުންސިލްތަކަށާއި ( ކޮންމެ ރަށަކުން ޓީމެއް ) ، މ.އަތޮޅު ޕޮލިސްއަށް ދެވިފައިވެއެވެ.

މި މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު 15 އޮގަސްޓް 2024 ވަނަ ދުވަހުން ފެށިގެން 05 ސެޕްޓެމްބަރު 2024 ވަނަ ދުވަހުގެ ރޭގަނޑު 23:59 ހަމައަށް ހުޅުވާލެވިފައިވެއެވެ. މި އިޢުލާނާއި އެކު މުބާރާތުގެ ގަވާއިދު އަދި ބައިވެރިވުމަށް ހުށަހަޅަންޖެހޭ ރަޖިސްޓްރޭޝަން ފޯމްގެ ލިންކް އާންމުކުރެވިފައިވާނެއެވެ.

ފިރިހެން ޑިވިޜަންގެ ގަވާއިދު ލިންކް : https://rb.gy/g6wftq

އަންހެން ޑިވިޜަންގެ ގަވާއިދު ލިންކް : https://rb.gy/il5nvk

ފިރިހެން ޑިވިޜަން ފޯމްގެ ލިންކް : https://rb.gy/ob2ak7

އަންހެން ޑިވިޜަންގެ ފޯމްގެ ލިންކް :  https://rb.gy/g8c8j3

ވީމާ ، މިކަން އާންމުކޮށް އަންގާ އިޢުލާންކުރީމެވެ.

15 އޮގަސްޓް 2024