ބީލަން
ނަންބަރު: (IUL)272-ESMS/272/2024/103
ޕަބްލިޝްކުރި ތާރީޚް: 15 އޮގަސްޓް 2024
ޕަބްލިޝްކުރި ގަޑި: 13:46
ސުންގަޑި: 27 އޮގަސްޓް 2024 13:00
މިލަދުންމަޑުލު އުތުރުބުރީ ނޫމަރާ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ނޫމަރާ ކައުންސިލްގެ އައު އިމާރާތަށް ބޭނުންވާ ފަރުނީޗަރު ފޯރުކޮށްދިނުމުގެ ބީލަން ހުށަހެޅުމުގެ ދަޢުވަތު

އިޢުލާން

 

ނޫމަރާ ކައުންސިލްގެ އައު އިމާރާތަށް ބޭނުންވާ ފަރުނީޗަރު ފޯރުކޮށްދިނުމުގެ ބީލަން ހުށަހެޅުމުގެ ދަޢުވަތު

 

                       މިކައުންސިލުންދޭ މަޢުލޫމާތާއި ކުރެހުމާ އެއްގޮތަށް، އަމިއްލަ ޚަރަދުގައި ނޫމަރާ ކައުންސިލްގެ އައު ޢިމާރާތަށް ބޭނުންވާ ފަރުނީޗަރު ފޯރުކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.

ވީމާ، މިމަސައްކަތަށް ޝަޢުޤުވެރިވާ ފަރާތްތަކުން ތިރީގައި ދެންނެވިފައިވާ ދުވަސްތަކުގައި، މި އިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު  ބީލަން ހުށަހެޅުއްވުން އެދެމެވެ. " ބީލަން ހުށައަޅާ ފޯމް" މިއިދާރާއިން ލިބެން ހުންނާނެއެވެ. އަދި ބީލަން ހުށަހަޅާ ފޯމާއެކު ބީލަން އިވެލުއޭޓްކުރުމުގައި ބޭނުންކުރާނެ އުޞޫލުތައް ލިބެން ހުންނާނެ ވާހަކަ ދަންނަވަމެވެ. 

 

ބީލަމުގައި ރަޖިސްޓްރީވުން:

 ބީލަމުގައި ބައިވެރިވުމަށް 350.00ރ (ތިންސަތޭކަ ފަންސާސްރުފިޔާ) ގެ ނަން-ރިފަންޑެބަލް ރަޖިސްޓުރޭޝަން ފީ އެއް ދައްކަން ޖެހޭނެއެވެ. ބީލަން ހުށަހެޅުއްވުމަށް ބޭނުންވާ ފަރާތްތަކުން 15 އޮގަސްޓް 2024 ވާ ބުރާސްފަތި ދުވަހުގެ 13:00 ން ފެށިގެން 22 އޮގަސްޓް 2024 ވާ ބުދަ ދުވަހުގެ 13:00 އާއި ދެމެދު މިއިދާރާއަށް ވަޑައިގެން، ނުވަތަ ތިރީގައިވާ ލިންކް މެދުވެރިކޮށް ބީލަމުގައި ރަޖިސްޓްރީވުމަށް ދަންނަވަމެވެ.

ލިންކް: https://forms.gle/zPhmb78DjK7fRGZU6

 

މަޢުލޫމާތު ސާފުކުރުން

 

މިމަސައްކަތާއި ގުޅޭ މަޢުލޫމާތު ކަރުދާސް ބީލަމުގެ ބައިވެރިވުމަށް ރަޖިސްޓްރީކުރާ ފަރާތްތަކަށް މެއިލް ކުރެވޭނެއެވެ. ބީލަމާއި ބެހޭގޮތުން އެއްވެސް މަޢުލޫމާތެއް ސާފުކުރެއްވުމަށް ބޭނުންވެލައްވާނަމަ އީމެއިލް ކުރައްވާނީ 26 އޮގަސްޓް 2024 ވާ ހޯމަ ދުވަހުގެ 13:00 ގެ ކުރިން މިކައުންސިލްގެ info@noomaraa.gov.mv އީމެއިލް އެޑްރެހަށެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 6540042 ނުވަތަ 9163162 ނަމްބަރާއެވެ.

 

ބީލަން ހުށަހެޅުން

ބީލަން ހުށަހެޅުމާއި ހުޅުވުން އޮންނާނީ 27 އޮގަސްޓް 2024 ވާ އަންގާރަ ދުވަހުގެ 13:00 ގައި ނޫމަރާ ޕްރީސްކޫލު ހޯލްގައެވެ. ބީލަން ހުށަހެޅުމަށް ރަޖިސްޓްރީ ނުކުރައްވާ ފަރާތްތަކުގެ ބީލަމާއި ގަޑިޖެހުމަށްފަހު ހުށަހަޅުއްވާ ބީލަންތަކާއި، އީމެއިލްގެ ޒަރީޢާއިން ފޮނުއްވާ ބީލަންތައް ބަލައިނުގަންނާނެއެވެ. އަދި މަޢުލޫމާތު ފުރިހަމަނުވާ ބީލަންތައް ބާޠިލުވާނެވާހަކަ މަޢުލޫމާތަށްޓަކައި ދެންނެވީމެވެ.

މި ބީލަމުގައި ބައިވެރިވެވަޑައިގެންނެވޭނީ ޤާނޫނު ނަމްބަރު: 2014/18 (ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު) ގެ ދަށުން މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވަލޮޕްމަންޓްގައި ރަޖިސްޓްރީވެފައިވާ ކުންފުނިތަކަށާއި ޤާނޫނު ނަމްބަރު: 2014/19 (އަމިއްލަފަރުދުންގެ ވިޔަފާރި ޤާނޫނު) ގެ ދަށުން ރަޖިސްޓްރީވެފައިވާ ފަރާތްތަކަށެވެ.

15 އޮގަސްޓް 2024