ބީލަން
ނަންބަރު: (IUL)304-CA/304/2024/173
ޕަބްލިޝްކުރި ތާރީޚް: 15 އޮގަސްޓް 2024
ޕަބްލިޝްކުރި ގަޑި: 14:00
ސުންގަޑި: 26 އޮގަސްޓް 2024 11:00
މާޅޮސްމަޑުލު އުތުރުބުރީ ދުވާފަރު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރީޓެއިނަރ އުޞޫލުން 2 (ދޭއް) އަހަރު ދުވަހުގެ މުއްދަތަށް ޤާނޫނީ ޚިދުމަތް ފޯރުކޮށްދޭނެ ލޯ ފަރމް އެއް ހޯދުން

މިއިދާރާގެ ޤާނޫނީ ލިޔުންތައް ތައްޔާރުކޮށްދިނުމާއި، އެކި އެކި ފަރާތްތަކާއި އެކު ވެވޭ އެއްބަސްވުންތަކާއި މެދު ޤާނޫނީ ގޮތުން ބޭނުންވާ ލަފާ ދިނުމާއި، ކައުންސިލަށް ކުރާ ދަޢުވާއާއި ލިބޭ ދަޢުވާތައް ދިރާސާކޮށް ކޯޓްތަކުގައާއި ޓްރައިބިއުނަލްތަކުގައި ކައުންސިލްގެ ފަރާތުން ވަކާލާތުކޮށް ދިނުމަށް ޤާނޫނީ ޚިދުމަތް ފޯރުކޮށްދޭނެ ފަރާތެއް ކޮންޓްރެކްޓް އުޞޫލުން މީލާދީ 02 އަހަރު ދުވަހުގެ މުއްދަތެއް ހޯދުމަށް ބޭނުން ވެއްޖެއެވެ.

 ވީމާ، ޝައުޤުވެރިވާ ފަރާތްތަކުން 2024 އޮގަސްޓް 15 ވާ ބުރާސްފަތި ދުވަހުން ފެށިގެން 2024 އޮގަސްޓް 21 ވަނަ ދުވަހުގެ 11:00 ގެ ނިޔަލަށް މިއިދާރާގެ ބީލަމުގައި ރަޖިސްޓްރީ ކުރުމަށް އެދެމެވެ. އަދި ރަޖިސްޓްރީ ވުމަށް ރަޖިސްޓްރޭޝަން ފޯމް މިއިދާރާގެ ކައުންޓަރަށް ހުށަހަޅުއްވައި ނުވަތަ މިއިދާރާގެ އީމެއިލް އެޑްރެސް procurement@dhuvaafaru.gov.mv އަށް ފޮނުވުން އެދެމެވެ.    

މި ބިޑުގައި ރަޖިސްޓްރީ ވެފައިވާ ފަރާތްތަކަށް ބިޑު ހުށަހެޅުން އޮންނާނީ 2024 އޮގަސްޓް 26 ވަނަ ދުވަހު 11:00 ގައެވެ.

ޤާނޫނީ ޚިދުމަތް ފޯރުކޮށްދިނުމާއި ގުޅޭގޮތުން ތައްޔާރުކުރެވިފައިވާ މަޢުލޫމާތު ކަރުދާސް މި އިޢުލާނާއި އެކު  އެއްކަރުދާސް ކުރެވިފައިވާނެއެވެ. މިމަޢުލޫމާތު ކަރުދާހުގައިވާ މަޢުލޫމާތުގެ އިތުރަށް މަޢުލޫމާތެއް ސާފުކުރަން ބޭނުންފުޅުވާނަމަ  މިއިދާރާގެ އީމެއިލް އެޑްރެސް procurement@dhuvaafaru.gov.mv އަށް މެއިލް ކުރެއްވުން ނުވަތަ ރަސްމީ ގަޑީގައި 6582701 ނަންބަރާއި ގުޅުއްވައިގެން މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ.

ވީމާ، މިކަން ޢާއްމުކޮށް އަންގާ އިޢުލާން ކުރީމެއެވެ.

15 އޮގަސްޓް 2024