ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)322/322/2024/116
ޕަބްލިޝްކުރި ތާރީޚް: 15 އޮގަސްޓް 2024
ޕަބްލިޝްކުރި ގަޑި: 14:01
ސުންގަޑި: 22 އޮގަސްޓް 2024 12:00
މާޅޮސްމަޑުލު ދެކުނުބުރީ ހިތާދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ބިދޭސީންނާއި ބެހޭ މަޢުލޫމާތު ހޯދައި ބިދޭސީންގެ ދަފްތަރެއް އެކުލަވާލުން

މިރަށުގައި ދިރިއުޅޭ ބިދޭސީންނާއި ބެހޭ މަޢުލޫމާތު ހޯދައި ބިދޭސީންގެ ދަފްތަރެއް އެކުލަވާލުމަށް ބޭނުންވެގެން، 26 މެއި 2024ގައި ކުރެވުނު އިޢުލާނާ ގުޅިގެން ހުށަހަޅާފައިވަނީ 02 ފަރަތެއްގެ މަޢުލޫމާތު ކަމަށް ވާތީ، އަލުން އެފުރުޞަތު ހުޅުވާލަމަވެ.

      ބިދޭސީން ދަފްތަރުގައި ރަޖިސްޓްރީ ކުރުމަކީ، އެ ބިދޭސީއަކަށް ވަޒީފާދީފައިވާ ފަރާތުން ކުރަންޖެހޭ ކަމެކެވެ. އެހެން ކަމުން ރަށުގައި މަސައްކަތްކުރާ ބިދޭސީން 22 އޮގަސްޓް 2024 ވާ ބުރާސްފަތި ދުވަހުގެ 12:00 ގެ ކުރިން، ބިދޭސީންގެ ދަފްތަރު ފޯމް އޮންލައިންކޮށް ފުރުއްވުންއެދެމެވެ. މިފޯމު ތިރީގައިވާ ލިންކް މެދުވެރިކޮށް ފުރުއްވޭނެކަމުގައި ދަންނަވަމެވެ.  އަދި " ބިދޭސީންގެ ދަފްތަރު ފޯމް " މިއިދާރާއިންވެސް ލިބެންހުންނާނެ ވާހަކަ މަޢުލޫމާތައްޓަކައި ދެންނެވީމެވެ.

 

https://forms.gle/MLXtduVPtWxggeCv7

           

       ވީމާ، މިކަން އެންމެހައި ފަރާތްތަކުގެ މަޢުލޫމާތަށްޓަކައި އަންގާ އިޢުލާން ކުރަމެވެ.

15 އޮގަސްޓް 2024