ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)312-F N/312/2024/52
ޕަބްލިޝްކުރި ތާރީޚް: 18 އޮގަސްޓް 2024
ޕަބްލިޝްކުރި ގަޑި: 11:26
ސުންގަޑި: 01 ސެޕްޓެންބަރު 2024 10:00
މާޅޮސްމަޑުލު އުތުރުބުރީ ކިނޮޅަހު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ގަރާޖު އަދި ވޯކްޝޮޕް ހެދުމަށް ބިން ދޫކުރުން

ގަރާޖު އަދި ވޯކްސޮޕް ހެދުމަށް މިރަށުން ބިން ދޫކުރުން

ގަރާޖު އަދި ވޯކްޝޮޕް ހެދުމުގެ މަސައްކަތް ކުރުމުގެ ބޭނުމަށް 10 އަހަރުދުވަހުގެ މުއްދަތަކަށް 4 ބިން ކުއްޔަށް ދިނުމަށް ކިނޮޅަހު ކައުންސިލުން ވަނީ ނިންމާފައެވެ.

ވީމާ، ބިން ކުއްޔަށް ހިފުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައިވާ ގަޑިތަކަށް ހާޒިރުވެ މައުލޫމަތު ސާފުކުރުމަށްފަހު ޕްރޮޕޯޝަލް ހުށައެޅުން އެދެމެވެ.

  • މައުލޫމާތު ދިނުމުގެ ސެޝަން: 22 އޯގަސްޓް 2024 ވާ ބުރާސްފަތި ދުވަހުގެ 10:00 ގައި ކިނޮޅަހު ކައުންސިލްގައި
  • ޕްރޮޕޯޝަލް ހުށައެޅުން: 01 ސެޕްޓެމްބަރ 2024 ވާ އާދީއްތަ ދުވަހުގެ 10:00 ކުރިން ކިނޮޅަހު ކައުންސިލް އިދާރާއަށް

 

ބިމުގެ މަޢުލޫމާތު:

#

މުއްދަތު

ބިމުގެ ބާވަތް

ބިމުގެ ބޮޑުމިން

ދޫކުރެވޭ އެންމެ ކުޑަކުލި

1

10 އަހަރު

ގަރާޖު އަދި ވޯކްޝޮޕް ހެދުމަށް ދޫކުރެވޭ ބިން

1000 އަކަފޫޓްގެ 4 ބިން

އަކަފޫޓަކަށް މަހަކު 80 ލާރި

 

                             މި ކަމަށް އެދި ހުށަހަޅާ ޕްރޮޕޯސަލްތައް ހުޅުވުން އޮންނާނީ 01 ސެޕްޓެމްބަރ 2024 ވާ އާދީއްތަދުވަހުގެ މެންދުރު ކުރި 10:00ގައި ޕްރޮޕޯސަލްތައް ހުށަހަޅާ ފަރާތްތަކުގެ ޙާޟިރުގައެވެ. ޕްރޮޕޯސަލް ހުށަހަޅަންވާނީ ސިޓީ އުރައެއްގައި ބަންދުކޮށްފައެވެ. އަދި ސިޓީ އުރާގެ ބޭރުގައި ހުށައަޅާ ފަރާތުގެ މައުލޫމާތު އަދި އިޢުލާން ނަމްބަރ ލިޔެފައި އޮންނަންވާނެއެވެ. މި އިއުލާނާއި އެކު ބިންއޮތް ސަރަޙައްދުގެ ފޮޓޯ އެއްކަރުދާސް ކުރެވިފައިވާނެއެވެ.

                 މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކާ އިޢުލާން ކުރީމެވެ. 

 

14 ސަފަރު 1446

18 އޯގަސްޓް 

18 އޮގަސްޓް 2024