މަސައްކަތް
ނަންބަރު: (IUL)219-CS/1/2024/25
ޕަބްލިޝްކުރި ތާރީޚް: 18 އޮގަސްޓް 2024
ޕަބްލިޝްކުރި ގަޑި: 13:37
ސުންގަޑި: 27 އޮގަސްޓް 2024 13:00
މޯލްޑިވްސް މީޑިއާ ކައުންސިލް
ދިވެހިރާއްޖެ
"ނޫސްވެރިކަމުގެ އިނާމު 2023" ގެ ޓްރޮފީ ތައްޔާރު ކޮށްދޭނެ ފަރާތެއް ހޯދަން

ޢިއުލާން

މޯލްޑިވްސް މީޑިއާ ކައުންސިލުން ކޮންމެ އަހަރަކު ދެމުންގެންދާ ނޫސްވެރިކަމުގެ އިނާމް ހަފްލާއަށް، 2023 ވަނަ އަހަރުގެ ނޫސްވެރިކަމުގެ އެވޯރޑް ތައްޔާރު ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ. އެހެންކަމުން، މި ބީލަމުގައި ބައިވެރިވާ ފަރާތްތަކުން މިކައުންސިލުގެ އީމެއިލް budget@mmc.org.mv މެދުވެރިކޮށް ރަޖިސްޓްރީ ކުރެއްވުން އެދެމެވެ. ރަޖިސްޓަރ ކުރަން ފޮނުވާ އީމެއިލްގައި ތިރީގައިމިވާ މަޢުލޫމާތުތައް ހިމަނަންވާނެއެވެ.

 

  • އިޢުލާން ނަންބަރު (މެއިލްގެ ސަބްޖެކްޓްގައި ލިޔުމަށް)
  • ކުންފުނީގެ ނަން
  • ގުޅޭނެ ފޯނު ނަންބަރު
  • އީމެއިލް އެޑްރެސް
  • މެއިލް ފޮނުވާ ފަރާތުގެ ނަން

 

ވީމާ، މި އިއުލާނާ ގުޅޭ އަންދާސީ ހިސާބުގެ މައުލޫމާތު އެރުވުމަށް 21 އޮގަސްޓް 2024 ވާ ބުދާ ދުވަހުގެ 13:00 އަށް މޯލްޑީވްސް މީޑިއާ ކައުންސިލްއަށް ވަޑައިގަތުމަށް ދައުވަތު އަރުވަމެވެ. މިމަސައްކަތްކޮށްދިނުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން އަންދާސީ ހިސާބު ހުށަހެޅުމަށް ރަޖިސްޓަރ ކުރައްވާ، މި ކައުންސިލުން ދެވޭ މައުލޫމާތާ އެއްގޮތަށް 27 އޮގަސްޓް 2024 ވާ ހޯމަ ދުވަހުގެ ހެނދުނު 11:00 އަށް މި ކައުންސިލަށް ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. މިކަމާގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 3003995 ނަންބަރު ފޯނަށެވެ.

14 ސަފަރު 1446

 18 އޮގަސްޓް 2024 

18 އޮގަސްޓް 2024