ކުއްޔަށް ދިނުން
ނަންބަރު: (IUL)420-AS/420/2024/53
ޕަބްލިޝްކުރި ތާރީޚް: 19 އޮގަސްޓް 2024
ޕަބްލިޝްކުރި ގަޑި: 10:55
ސުންގަޑި: 05 ސެޕްޓެންބަރު 2024 10:00
ހުވަދުއަތޮޅު ދެކުނުބުރީ ރަތަފަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ގދ. ރަތަފަންދޫ އިން ކުއްޔަށް ދޫކުރުމަށް ލޭންޑްޔޫސް ޕްލޭންގައި ކަނޑައަޅާފައިވާ ބިންތައް ދިގު މުއްދަތަށް ކުއްޔަށް ދޫކުރުމަށް ހުޅުވާލުމާއި ގުޅޭ

ގދ. ރަތަފަންދޫ ލޭންޑް ޔޫސްޕްލޭންގައި ކަނޑައަޅާފައިވާ ބިންތަކުގެ ތެރެއިން ތިރީގައިވާ ބިންތައް ދިގުމުއްދަތަށް ކުއްޔަށް ދޫކުރުމަށް ހުޅުވާލަމެވެ. ވީމާ މިދަންނަވާ ސަރަޙައްދު ތަކުގައިވާ ބިންތައް ކުއްޔަށްހިފުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

މި އިޢުލާނަށް ބީލަން ހުށަހެޅުއްވޭނީ، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނު ނަމްބަރު 2014/19) ދަށުން ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށާއި ކުންފުނީގެ ޤާނޫނު (ޤާނޫނު ނަމްބަރު 2023/07) ގެ ދަށުން ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށް އެކަންޏެވެ.

 

ބިމުގެ ތަފްޞީލް:

ނަންބަރު

ބިން ދޫކުރެވޭ ބޭނުން

ބިމުގެ ބޮޑުމިން (އަކަފޫޓް) އިން

ބިމުކުލީގެ ގޮތުގައި ހުށަހެޅޭނެ އެންމެ ދަށް އަދަދު މަހަކަށް (ދިވެހި ރުފިޔާ)

IZ/P01/2024

ސިނާއީ މަސައްކަތްތަކަށް / މަސްކައްކާ ހިއްކުމުގެ މަސައްކަތް

5000

2500 ރުފިޔާ

IZ/P02/2024

ސިނާއީ މަސައްކަތްތަކަށް / މަސްކައްކާ ހިއްކުމުގެ މަސައްކަތް

5000

2500 ރުފިޔާ

IZ/P03/2024

ސިނާއީ މަސައްކަތްތަކަށް / މަސްކައްކާ ހިއްކުމުގެ މަސައްކަތް

5000

2500 ރުފިޔާ

IZ/P04/2024

ކެފޭ / ހޮޓާ ހިންގުމަށް

3068

1530 ރުފިޔާ

SR/P01/2024

ވޯޓަރ ސްޕޯރޓްސް އާއި ގުޅޭ އެހެނިހެން މަސައްކަތް / ޑައިވިންގ ސްކޫލް

3498

3498 ރުފިޔާ

MC/P01/2024

މިކްސް ކޮމާޝިއަލް/ މިކްސް އިންސްޓިޓުޝަނަލް/ މިކްސް އިންޑަސްޓްރިއަލް

 

1750

1750 ރުފިޔާ

MC/P02/2024

މިކްސް ކޮމާޝިއަލް / މިކްސް އިންސްޓިޓުޝަނަލް/ މިކްސް އިންޑަސްޓްރިއަލް

 

1750

1750 ރުފިޔާ

AM/P01/2024

އެކުއަރކަލްޗަރ މެރިކަލްޗަރ

  • އެގްރިސެންޓަރ
  • ނާރސަރީސް
  • ޕޯލްޓްރީ

 

2400

2400 ރުފިޔާ

FS/P01/2024

ތެލުގެ ވިޔަފާރި ކުރުމަށް

1250

5000 ރުފިޔާ

FS/P02/2024

ތެލުގެ ވިޔަފާރި ކުރުމަށް

1250

5000 ރުފިޔާ

 

ބިމުގެ ސަރަހައްދު އަންގައިދޭ ޗާޓު މި އިޢުލާނާއެކު ގެޒެޓުކޮށްފައިވާނެއެވެ.

ނަން ނޯޓް ކުރުން/

ރަޖިސްޓްރޭޝަން

   · ބިޑުގައި ރަޖިސްޓްރީވާން އެދޭ ފަރާތްތަކުން، 26 އޮގަސްޓް 2024 ވާ ހޯމަ ދުވަހު 10:00 ގެ ކުރިން ތިރީގައިވާ ލިންކުގައި ތައްޔާރުކުރެވިފައިވާ އޮންލައިން ފޯމް ފުރިހަމަ ކުރަންވާނެއެވެ. ބިޑުގައި ރަޖިސްޓަރީވާ ފަރާތްތައް ފިޔަވާ އެހެން އެއްވެސް ފަރާތަކަށް ބިޑު ހުށައެއްނޭޅޭނެއެވެ.

  · ބިޑް ޑޮކިއުމެންޓް ވިއްކުމަށް ހަމަޖެހިފައިވަނީ 250 (ދުއިސައްތަ ފަންސާސް) ރުފިޔާއަށެވެ.

  · ރެޖިސްޓްރޭޝަން ފީ ޖަމާކުރަންވާނީ މި އިދާރާގެ އަންނަނިވި އެކައުންޓަށެވެ. ފީޖަމާކުރުމަށްފަހު ޓްރާންސްފަރ ރިސިޕްޓް ފޮނުވާ ފަރާތްތަކަށް ބީލަންފޮތް ފޯރުކޮށްދެވޭނެއެވެ.

 

      ބޭންކް:                     ބޭންކް އޮފް މޯލްޑިވްސް

      ބޭންކް އެކައުންޓްގެ ނަން:          1471 ރެވެނިއު 1

      އެކައުންޓް ނަންބަރ:            001 700301 7710

      ސްލިޕް ވައިބަރ ކުރައްވާނެ ނަންބަރު:  7633734، 9692437 

 

ޕްރީބިޑު މީޓިންގ /

މަޢުލޫމާތު

ސާފުކުރުން

  • މަޢުލޫމާތު ސާފުކުރައްވަން ބޭނުންވާ ފަރާތްތަކަށް ބާއްވާ ބައްދަލުވުމެއް 25 އޮގަސްޓް 2024 ވާ އާދީއްތަ ދުވަހުގެ 10:00 ގައި، ގދ. ރަތަފަންދޫ ކައުންސިލް އިދާރާގައި އޮންނާނެއެވެ.
  • ބިޑް / ޕްރޮޕޯސަލް ހުށަހަޅާ ފަރާތްތަކުން، މި ބައްދަލުވުމުގައި ބައިވެރިވުން ލާޒިމެއް ނުވާނެއެވެ.
  • މަޢުލޫމާތު ސާފުކުރަން ޙާޟިރު ނުވެވޭ ފަރާތްތަކަށް، ބަދަލުގައި މީހަކު ފޮނުވިދާނެއެވެ.
  • ބަދަލުގައި ފޮނުވާ ފަރާތުގެ މަޢުލޫމާތު (ފުރިހަމަ ނަމާއި، އައިޑީ ކާޑު ނަންބަރާއި، ގުޅޭނެ ނަންބަރު) އިނގޭނެ ގޮތަށް ސިޓީއެއް ގެންނަވާނެއެވެ.

ބިޑު (އަންދާސީ

ހިސާބު) ހުށަހެޅުން

  • ބިޑް / ޕްރޮޕޯސަލް ހުޅުވުން އޮންނާނީ 5 ސެޕްޓެމްބަރ 2024 ވާ ބުރާސްފަތި ދުވަހުގެ 10:00 ގައި ގދ.ރަތަފަންދޫ ކައުންސިލް އިދާރާގެ ލޮބީގައިއެވެ.
  • ބިޑް /ޕްރޮޕޯސަލް ހުށަހަޅަންވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައެވެ.
  • ކޮންމެ ބިމަކަށް ވަކި ފޯމަކުން އަގު ހުށަހަޅަންވާނެއެވެ. މި ފޯމް ބީލަން ފޮތާއިއެކު ލިބިވަޑައިގަންނަވާނެއެވެ.
  • ބިޑުގައި ރަޖިސްޓްރީ ނުވާ ފަރާތްތަކާއި، ގަޑިޖެހިގެން ބިޑު ހުށައަޅަން ވަޑައިގަންނަވާ ފަރާތްތަކަށް ބިޑު ހުށައެޅުމުގެ ފުރުޞަތެއް ނުދެވޭނެއެވެ.

އިތުރު މަޢުލޫމާތު

  • އެކަށީގެންވާ އަދަދަށް ބިޑު ލިބިފައި ނުވާނަމަ  އަދި ހުށަހަޅާފައިވާ ބިޑްތަކުގެ އަގާއި މުއްދަތު އެކަށީގެންނުވާނަމަ މި އިޢުލާނު ބާޠިލްކުރުމުގެ އިޚްތިޔާރު ގދ. ރަތަފަންދޫ  ކައުންސިލަށް ލިބިގެން ވެއެވެ.
  • ހުވަދު އަތޮޅު ދެކުނުބުރީ ރަތަފަންދޫ ކައުންސިލްގެ އިދާރާ
  • ގދ. ރަތަފަންދޫ، ދިވެހިރާއްޖެ،
  • ފޯން:  6841620 ނުވަތަ 6841628  (ރަސްމީ ގަޑީގައި)
  • އީމެއިލް: projects@rathafandhoo.gov.mv

 

ވީމާ، މިކަން ޢާއްމުކޮށް އަންގާ އިޢުލާން ކުރީމެވެ.

19 އޮގަސްޓް 2024