ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)317/317/2024/54
ޕަބްލިޝްކުރި ތާރީޚް: 19 އޮގަސްޓް 2024
ޕަބްލިޝްކުރި ގަޑި: 13:51
ސުންގަޑި: 25 އޮގަސްޓް 2024 13:00
މާޅޮސްމަޑުލު ދެކުނުބުރީ ދޮންފަނު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ބެޓެރީ ސްޓޯރޭޖް ސިސްޓަމެއް ގާއިމު ކުރުމަށް ބޭނުންވާ ބިމުގައި ހުރި ރުއްގަހުގެ ވެރިފަރާތްތަށް ހޯދުން

ޕްރިޕެއަރިންގ އައުޓަރ އައިލެންޑްސް ފޮރ ސަސްޓެއިނަބަލް އެނަރޖީ ޑިވެލޮޕްމަންޓް (ޕޮއިސްޑް) ޕްރޮޖެކްޓް ގެ ދަށުން ބެޓެރީ ސްޓޯރޭޖް ސިސްޓަމެއް މިރަށުގައި ގާއިމު ކުރުމަށް ބޭނުންވާ ބިމަށް އަރާގޮތަށްހުރި މި ދަންނަވާ ރުއްތަކުގެ ވެރިފަރާތްތަށް ހޯދަން ބޭނުންވެއްޖެއެވެ.

  •  1 އިން 4 އާއި ދެމެދު ނަންބަރު ޖަހާފައިހުރި ފޯދުނު 4 ރުށް

                      ވީމާ މަތީގައި ދެންނެވިފައިވާ ރުއްތަކުގެ ވެރިން 25 އޯގަސްޓް 2024 ވާ އާދީއްތަ ދުވަހުގެ 13:00 ގެ ކުރިން ރުއްތަކުގައި މިހާރު ޖަހާފައިވާ ތަރުތީބު ނަންބަރާއި އަދި އެރުއްތަކަށް ދެވިފައިވާ ރަޖިސްޓްރީ ނަންބަރ ( އާއިލާ ނަންބަރ ) އެނގޭގޮތަށް  މިއިދާރާއަށް ފޯމް ހުށަހެޅުއްވުން އެދެމެވެ. ފޯމް މިއިއުލާނާއެކު އެއްކަރުދާސް ކުރެވިފައިވާނެއެވެ. މިއިޢުލާނުގެ މުއްދަތުހަމަވާއިރު މަޢުލޫމާތު ސާފުނުވެ އެސަރަހައްދުގައި އެއްވެސް ރުކެއް ހުރިނަމަ އެތަކެތިވެސް ހިމެނޭގޮތަށް ވެރިއަކު ނެތް ރުއްގަސް ކަމަށް ބަލައި އެތަކެތި ނައްތާލެވޭނެ ވާހަކަ ދަންނަވަމެވެ. އަދި މިގޮތަށް ނައްތާލެވޭ ރުއްގަހަށް ފަހުން ބަދަލު ހޯދުމަށް އެދިއްޖެނަމަ އެފަރާތަކަށް ބަދަލުދެވޭނީ ޝަރުޢީކޯޓަށް ހުށަހަޅައި ކޯޓުން އެމައްސަލައެއް ނިންމާގޮތެއްގެ މަތީންނެވެ. މިބިން އޮންނާނީ މިރަށު ވާރޭވިލާގޭގެ އިރުން ވޭސްޓް މެނޭޖްމަންޓް ސެންޓަރގެ ހުޅަގުން އާރް އޯ ފެން ޕްލާންޓް ރޫމްގެ ދެކުނުންނެވެ.

                        މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

19 އޮގަސްޓް 2024